twitterviber whatsapp telegramfacebookyoutube instagram
26th April 2024

އުތީމުގައި ފުލުހެއް އަންހެން ކުއްޖަކާއެކު ހަރުގެއެއްގެ ބިއްދޮށުގައި ތިބި މައްސަލައެއް ހޫނުވެ، ރައްޔިތުން ނުރުހުން ފާޅުކޮށްފި

Jun 21, 2016

ހއ އުތީމް ޕޮލިސް ސްޓޭޝަންގެ ފުލުހެއް ރޭ އަންހެން ކުއްޖަކާއެކު ހަރުގެއެއްގެ ބިއްދޮށުގައި އެކަހެރިކޮށް ތިބި މައްސަލައެއް ހޫނުވެ އެތަނަށް ރައްޔިތުން އެއްވެ ނުރުހުން ފާޅުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުން އެއްވެ ނުރުހުން ފާޅުކޮށް އެ ފުލުސް މީހާ އެރަށުން ބޭލުމަށް ވަނީ ގޮވާފަ އެވެ.

މިހާރުވަނީ ދިއްދޫގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 15 ފުލުހަކު އުތީމަށްގޮސް އެ ފުލުސް މީހާ އެރަށުން ބާލާފަ އެވެ. ފުލުސްމީހާ ނެރެގެން ގެންގޮސްފައިވަނީ އެއްވެފައި ތިބި މީހުންނަށް ނުފެންނަގޮތަށް އެގޭގެ އަނެއްފަރާތުންނެވެ.

އުތީމުގައި ޕޮލިސް ޑެސްކް ގާއިމުކޮށްފައި ވަނީ މިމަހު 7 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355