twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހަ ދަރުމަވެރިއަކު ޗައިނާގައި ކުރިއަށް ގެންދާ ވޯޓަރ ރެސްކިއު ތަމްރީނެއްގައި ބައިވެރިވުމަށް ފުރައިފި

Jun 21, 2016

ވޯޓަރ ރެސްކިއުގެ ދާއިރާއިން ދެކުނު އޭޝިޔާގެ ރެޑް ކްރޮސް ރެޑް ކްރެސެންޓް ގައުމީ ޖަމާއަތްތަކުގެ ގާބިލްކަން އިތުރުކޮށްދިނުމަށްޓަކައި ޗައިނާ ރެޑް ކްރޮސްއިން ކުރިޔަށް ގެންދާ ވޯޓަރ ރެސްކިއު ތަމްރީންތަކެއްގައި ބައިވެރިވުމަށް ދިވެހި ރެޑް ކްރެސެންޓްގެ ހަ ދަރުމަވެރިން ޗައިނާއަށް ފުރައިފިއެވެ.

މިމަހުގެ 21 އިން 30 އަށް ޗައިނާގެ ފުޖިއަން ޕްރޮވިންސްގައި ކުރިޔަށް ގެންދާ މިތަމްރީންތަކުގައި ބައިވެރިވުމަށްފުރާފައިވަނީ ދިވެހި ރެޑް ކްރެސެންޓްގެ ހދ ގޮފީގެ ޗެއަރޕާސަން ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ ލީޑިން ޓީޗަރ އަހުމަދު އަބްދުލްރަހީމް އާއި މީމު ގޮފީގެ މެމްބަރު ކޮޅުފުށީ ސިއްހީ މަރުކަޒުގެ ޑްރައިވަރ ހަސަން މަހުދީ ޏަވި ޔަނި ގޮފިން ފުވައްމުލަކު އެޓޯލްއެޑިއުކޭޝަން ސެންޓަރގެ ލީޑިން ޓީޗަރ ނިއުމާ ހަސަން، ޅަވިޔަނި ގޮފިން ހާމިދު އަހުމަދު އަދި މާލޭ ގޮފީގެ ފަރާތުން ފުލުހުންގެދެބޭފުޅުން ކަމުގައިވާ ކޯޕްރަލް އިބްރާހިމް އައްސަދު އަދި ސްޓާފް ސާޖަންޓް އައިޝަތު ނުސްރާއެވެ.

މިތަމްރީންގައި ބައިވެރިވާނެދަރުމަވެރިން ހޮވާފައިވަނީ ދިވެހި ރެޑް ކްރެސެންޓްގެ ފޭސްބުކް ޕޭޖްގައި އިއުލާންކޮށްގެން އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ މެދުގައިފެތުމުގެ އެސެސްމެންޓެއް ހެދުމަށްފަހުގައެވެ.

ތަމްރީންގެ ބައިވެރިން ޗައިނާއަށް ފުރުމުގެ ކުރިން އަލްވަދާއު ކިޔުމުގެ ގޮތުން ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު ނޫރާ މުހައްމަދު އިއްޔެވަނީ ދަރުމަވެރިންނާއި ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި ނޫރާ ދެއްކެވި ވާހަކަފުޅުގައި ވޯޓަރ ރެސްކިއުގެ ދާއިރާއަކީ ދިވެހި ރެޑް ކްރެސެންޓުން މުސްތަޤްބަލްގައި މަސައްކަތް ކުރުމަށް ވިސްނަމުންދާ ދާއިރާއެއްކަމުގައި ފާހަގަކޮށް މިފަދަ ޕްރޮގްރާމެއް އެކުލަވާލުމުގައި މިތަމްރީންގެ ބައިވެރިވާ ދަރުމަވެރިންގެ ތަޖުރިބާ ވަރަށް މުހިއްމު ވާނެކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ ޕްރޮގްރާމެއް ދިވެހި ރެޑް ކްރެސެންޓްގެ ގޮފިތަކުގައި ކާމިޔާބުކަމާއި އެކު ހިންގިދާނެ ގޮތްތަކާއި ބެހޭ މައުލޫމާތު އެންމެ ރަގަޅަށް ހޯދުމަށް ބައިވެރިންގެ ފަރާތުން އެދިލެއްވިއެވެ.

މިތަމްރީންގައި ދިވެހި ހަ ދަރުމަވެރިންގެ އިތުރަށް ސްރީލަންކާ ރެޑް ކްރޮސް ސޮސައިޓީން އަދި ޕާކިސްތާނު ރެޑް ކްރެސެންޓް ސޮސައިޓީން ދަރުމަވެރިން ބައިވެރިވާނެއެވެ. މިތަމްރީންގެ ހުރިހާ ހަރަދުތަކެއް ބަލަހައްޓާނީ ޗައިނާ ރެޑް ކްރޮސްގެ ފަރާތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355