ބޭންކް އޮފް މޯލްޑިވްސް އިން ޔޫރޯ 2016 އާއި ދިމާކޮށްގެން ކުރިއަށް ގެންދާ ބީއެމްއެލް ޔޫރޯ ގިފްޓްގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން ހޮވައިިފި އެެވެ.
މި ގިފްޓް ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިންނަށް ހޮވިފައި ވަނީ އައިޝަތު ނަސްމާ އާއި ލަކްސްމަން ލީލާ ޕާންޑޭ އެވެ. އެއިން ކޮންމެ ފަރާތަކަށް ބީއެމްއެލް އިން ވަނީ ޔޫރޯ 2016 އާ ގުޅޭ 3000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ދީފަ އެވެ.
ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާ އަކުވެސް ނަސީބުވެރިއަކު ހޮވައި 3000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ބީއެމްއެލް އިން ދޭނެ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭންކުގެ ފޭސްބުކް ޕޭޖް އަށް ލައިކް ކުރުމަށް ފަހު ޔޫރޯ 2016 އާ ގުޅޭ ޕޯސްޓް ޝެއާކުރައްވާށެވެ. އަދި ބޭންކުގެ ޓުވިޓާ އެކައުންޓް ފޮލޯކޮށް އެ ޕޯސްޓް ރިޓްވީޓް ކޮށްގެންވެސް ޕްރޮމޯޝަންގައޮ ބައިވެރިވެވެ އެވެ
މީގެ އިތުރުން ޕްރޮމޯޝަނުގެ ބޮޑު އިނާމެއްގެ ގޮތުގައި ދެ މީހަކަށް ޕެރިސް ދެކޮޅު ޓިކެޓާއި 3000 ޑޮލަރު ލިބެ އެވެ. ބޮޑު އިނާމުގެ ގުރުއަތުލުން އޮންނާނީ ޔޫރޯ މުބާރާތަށް ފަހުގައި ކަމަށް އެ ބޭންކުން މައުލޫމާތުދެ އެވެ.