twitterviber whatsapp telegramfacebookyoutube instagram
12th April 2026

ކުޅުދުއްފުށީގައި ހިއްކާފައި އޮތް ވެލިގަނޑުގެ ބޮޑު ބައެއް އަނެއްކާވެސް ގިރާލައިފި

Jun 22, 2016

ކުޅުދުއްފުށީގައި ހިއްކާފައި އޮތް ވެލިގަނޑުގެ ބޮޑުބައެއް ގިރާލައިފި އެވެ. މީގެ ކުރިންވެސް މި ވެލިގަނޑުގެ ބޮޑުބައެއް ވަނީ ގިރާލައިގެން ގޮސްފައި އެވެ.

މިފަހަރު ވެލިގަނޑުގެ ބޮޑުބައެއް ގިރަން ފަށާފައި މިވަނީ މިއަހަރުގެ ފެށުނު ފަހުންނެވެ.

2014 ވަނަ އަހަރުވެސް ވެލިގަނޑުގެ ހުރިހާ ދިމާލަކުން ގާތްގަނޑަކަށް 500 ފޫޓް ގިރައިގެން ވަނީ ގޮސްފައި އެެވެ.

މީގެ ކުރިން ވެސް ވެލިގަނޑު ގިރާތީ އެކަމުގެ ކަންބޮޑުވުން ހައުސިންގ މިނިސްޓްރީއަށާއި އެންވަޔަރމެންޓް މިނިސްޓަރީއަށް ކައުންސިލުން ވަނީ އަންގާފަ އެވެ. އެހެންނަމަވެސް އެފަހަރު ވެސް ވެލިގަނޑު ހިމާޔާތްކުރުމަށް އެއްވެސް ކަމެއްކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވަމުން ކައުންސިލުގެ ރައީސް އަލީ މުހައްމަދު “ކުޅުދުއްފުށި އޮންލައިނަ”ށް ވިދާޅުވީ ވެލިގަނޑުގެ ހިމާޔާތް ކުރުމަށް މިހާތަނުން ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. އެސަހަރައްދުގައި ބަންދަރެއް ހެދުމުގެ ވާހަކަ ސަރުކާރުން ދައްކާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު ސާވޭ ކުރުން ފިޔަވާ އެހެން ކަމެއް ކުރެވިފައިވާ ނުވާކަން އަލީ ފާހަގަކުރެއްވި އެވެ.

28 ހެކްޓަރު މި ބިން ހިއްކާފައިވަނީ 2010 ވަނަ އަހަރުގަ އެެވެ. ވެލިގަނޑުގެ ގިރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފަޅުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355