twitterviber whatsapp telegramfacebookyoutube instagram
15th February 2026

ކަނބޯރަނި ހިޔާއިން ރޯހައުސް ލިބުނު ފަރާތްތަކަށް މިމަހު ފަހުކޮޅު ރޯހައުސް ހަވާލުކުރެވޭތޯ މަސައްކަތް ކުރަނީ

Jun 22, 2016

ކުޅުދުއްފުށީ ކަނބޯރަނި ހިޔާއިން ރޯހައުސް ލިބިފައިވާ ފަރާތްތަކަށް ރޯދަމަސް ނިމޭކޮޅު ރޯހައުސް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލު މެމްބަރު އަލީ ހާޝިމް ކޭއޯ އަށް ވިދާޅުވީ ރޯހައުސް ލިބިފައިވާ ފަރާތަކަށް ރޯހައުސް ހަވާލުކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށާއި ރޯދަމަސް ނިމޭކޮޅު އެފަރާތަކަށް ރޯހައުސް ހަވާލުކުރެވޭ ތޯ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީއާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަނބޯރަނި ހިޔާއިން ރޯހައުސް ލިބުނު 18 ފަރާތުގެ ތެރެއިން އެއް ފަރާތަކުން ރޯހައުސް ދޫކޮށްލައިފައިވާ ކަމަށެވެ.

އެގޮތުން އެސަރަހައްދުން ރޯހައުސް ލިބި ޔަޤީން ވެފައިވާ ސަތާރަ ފަރާތާއި ރޯހައުސް ހަވާލުކުރުމުގެ ގޮތުން މިނިސްޓްރީގެ އެންގުމަކާ އެކު މިވަގުތަށް އެއްފަހަރާ ޑައުންޕޭމަންޑް ދެއްކެން ތިބީ ކޮން ފަރާތްތަކެއް ތޯ ބަލަމުން އަންނަކަމަށާއި އެމަރުހަލާ ނިމުމުން ރޯހައުސް ހަވާލުކުރެވޭނެކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.

އަލީ ހާޝިމް ވިދާޅުވީ މިމަހު ފަހުކޮޅު މިނިސްޓްރީގެ ވަފުދެއް ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރޯހައުސްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓްރީއާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

ކަނބޯރަނި ހިޔާއިން ރޯހައުސް ލިބުނު ފަރާތްތައް ކަނޑައެޅުމަށް ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މެއި މަހު އެވ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355