twitterviber whatsapp telegramfacebookyoutube instagram
16th July 2025

މާލެއާ ހދ އަދި ށ އަތޮޅު ޖަޒީރާ ލޯންޗު ފެރީން ގުޅުވާލައިފި

Jun 27, 2016

މާލެ އާއި އަތޮޅުތަކާއި ދޭތެރޭ ލޯންޗުގެ ފެރީގެ ހިދުމަތް ފޯރުކޮށްދޭ ޖަޒީރާ މޯލްޑިވްސްއިން ހދ އަދި ށ އަތޮޅު ލޯންވޗު ފެރީއިން މާލެއާ ގުޅުވާލައިފި އެވެ.

މާލެއާއި ވައިކަރަދޫ، ނޭކުރެންދޫ އަދި ކަނޑިތީމާއި ދެމެދު ދަތުރުކުރުމަށް ހަމަޖެހިފައިވާ މި ފެރީގެ ޓިކެޓްގެ އަގަގީ 750 ރުފިޔާ އެވެ. 1 އަހަރާއި 4 އަހަރާއި ދެމެދުގެ ކުޑަ ކުއްޖަކަށް ޓިކެޓްގެ އަގަގީ 250 ރުފިޔާ އެވެ. އަދި 1 އަހަރުން ދަށުގެ ކުދިންނަށް ފީ އެއް ނުނަގާނެ ކަމަށް ޖަޒީރާ މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.

ފެރީ ދަތުރު ފަށަނީ ހދ ނޭކުރެންދޫއިން، ވައިކަރަދޫއިން އަދި ށ ކަނޑިތީމުން މާލެއަށް ކަމަށާއި ވަރަށް އަވަހަށް ށ ކޮމަންޑޫއަށްވެސް ދަތުރު ފަށާނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މި ފެރީގެ ދަތުރުތައް ހަަމަޖެހިފައިވަނީ ކޮންމެ ހޯމަ ދުވަހަކު މާލެއިން އަދި ކޮންމެ އަންގާރަ ދުވަހަކު މިތިން ރަށަށް މާލެއަށް ފުރާގޮތަށެވެ. މާލެއިން ފުރުމަށް ހަަމަޖެހިފައިވަނީ ހެނދުނު 7:00 ޖަހާއިރު އެވެ. އަދި މާލެއަށް ދިއުމަށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ނޭކުރެންދޫ އިން ހެނދުނު 9:00 ޖަހާއިރު އެވެ.

މީގެ އިތުރުން ތަރުހީބު ލިބޭ ވަރަކުން ދަތުރުކުރާ އިތުރަށް ދުވަހާއި އަދި ރަށްތައްވެސް އިތުުރު ކުރުމަށް ވަނީ ހަަމަޖެހިފަ އެވެ.

ރިސަވޭޝާން ހެއްދުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 7990606 ނުވަތަ 9931414 ގުޅުވުއްމުން މައުލޫމާތު ސާފުކުރެއްވޭނެ އެވެ.

ޖަޒީރާ ލޯންޗު ފެރީގެ ހިދުމަތް މާލެއާއި ރ އަތޮޅާ ދެމެދު ހިދުމަތް ދޭތާ މިހާރު 4 އަހަރުވަނީ ވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355