ޖަލާލުއްދީން ސްކޫލުގެ ދަސްވާރު ޕްރޮގުރާމްގެ ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި އެވެ.
އެސްކޫލުގެ 30 ދަރިވަރަކު ވަނީ ދަސްވާރު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝުވައިބެވެ.
ދަސްވާރު ޕްރޮގުރާމްގެ ދަށުން އެސްކޫލުގައި 4 ކޯހެއް މިދިޔަ އަހަރު ކުރިއަށްގެންގޮސްފަވެ އެެވެ. އެއީ އައިޓީ ކޯހާއި އޮފީސް އެޑްމިނިސްޓްރޭޝަން އާއި އިލެކްޓްރިޝަންގެ އިތުރުން ފޮޓޯގުރަފީ އެވެ. މިކޯސްތަކަކީ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަލާލުއްދީންގެ ފްރިންސިޕަލް މަހުދީ ވިދާޅުވީ މިއަދު ދަސްވާރު ނިމިގެން ސެޓްފިކެޓް ހާސިލް ކުރި ދަރިވަރުންނަކީ މިހާރުވެސް ވަޒީފާގެ ބާޒާރަށް ފައްކާ ކުދިން ކަމަށާއި އެކުދިން ސެޓްފިކެޓް ހާސިލްކުރި ދާއިރާތަކުން މިއަދު ވަޒީފާ ލިބުނަށް އާވެ، ކުރާނެ ކަމެއް ނޭނގިފަ ނުތިބޭނެ ކަމަށެވެ.
މިއަދު ދަސްވެނިވި ކުދިންގެ ތެރެއިން އެއްވެސް ކުއްޖަކީ ބާކީ ވެގެން ކުރާނެ މަސައްކަތް ނޭނގިގެން އުޅޭނެ ކުއްޖެއް ނުހުންނާނެ ކަން މަހުދީ ފާހަގަކުރެއްވި އެެވެ.