twitterviber whatsapp telegramfacebookyoutube instagram
16th July 2025

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 2 ސެލޯފިން ކޮޅާއެކު އިހަވަންދޫއިން މީހަކު ހައްޔަރުކޮށްފި

Jun 28, 2016

މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވޭ 2 ސެލޯފިންކޮޅާއެކު ހއ އިހަވަންދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން މިމީހާ ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވަނީ އިހަވަންދޫއަށް މަސްތުވާތެކެތި އެތެރެކުރަން އުޅޭކަމަށް އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ 24 ޖޫން 2016 ވަނަ ދުވަހުގެ ރޭ 03:46 ހާއިރު އެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ސެލޯފިންކޮޅު ފެނިފައިވަނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ ދިރިއުޅޭކޮޓަރީގައި ހުރި ފޮށިގަނޑެއްގެ ތެރެއިންނެވެ. މި މީހާއަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް އޮންނަ މީހެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭނާގެ ބަންދާމެދު ގޮތެއްނިންމުމަށް ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގިގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ހއ.އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355