twitterviber whatsapp telegramfacebookyoutube instagram
16th July 2025

ކުޅުދުއްފުށީގައި ޑެންގީ ފެތުރިދާނެ ކަމުގެ ބިރެއް މިވަގުތަކު ނެތް: ޑެންގީ ޓާސްކްފޯސް

Jun 29, 2016

ކުޅުދުއްފުށީގައި ޑެންގީ ފެތުރިދާނެ ކަމުގެ ބިރެެއް މިވަގުތަކު ނެތްކަމަށް ޑެންގީ ކޮންޓްރޯލްކުރުމަށް ހދ ގައި އުއްފަދާފައިވާ ޑެންގީ ޓާސްކް ފޯހުން ބުނެފި އެވެ.

ޑެންގީ ކޮންޓްރޯލް ކުރުމަށް އެ ޓާސްކް ފޯހުން ކުރިއަށްގެންދާ ޕްރޮގުރާމާ ބެހޭ ގޮތުން ކޭއޯއަށް މައުލޫމާތު ދެމުން ޓާސްކް ފޯސް ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު އަބްދުލްރަހްމާން ވިދާޅުވީ ޓާސްކް ފޯހުން ބައެއް ގޭގެއަށް ޒިޔާރާތްކޮށް މަދިރި އާލާވާތަންތަން ބަލައި ޗެކުކޮށް ފަޅުގޯތިތަކުގެ ވެރިންނާއި ވާހަކަ ދައްކައިގެން އެގޭތަކުގައި މަދިރި އާލާވާތަންތަން ބަލައި އެތަންތަން ނައްތާލާފައިވާ ކަމަށެވެ.

ކުޅުދުއްފުށިން މިހަފްތާ ތެރޭގައި ޑެންގީ ކޭހެއް ފެނިފައިވީ ނަމަވެސް ކުޅުދުއްފުށިގައި މިވަގުތު ޑެންގީ ފެތުރުމުގެ ބިރެ ނެތްކަމަށް މުހައްމަދު ވިދާޅުވި އެވެ.

އޭގެ އިތުރުން ކުޅުދުއްފުށީ އަމީނީމަގުގައި ހޭލުންތެރިކުރުމުގެ ބެނާ ޓާސްކު ފޯހުން ވަނީ ހަރުކޮށްފަ އެވެ. އަދި ސަރުކާރު މުއައްސަސާތަކުގެ ބޭފުޅުންގެ ގެތަކަށް ޒިޔާރާތްކޮށް މަދިރި އާލާވާ ތަންތަން ޗެކުކޮށް އެތަންތަން ނައްތާލެވިފައިވާނެ ކަމަށް މުހައްމަދު ވިދާޅުވި އެވެ. ކުޅުދުއްފުށި ހޮސްޕިޓަލުގައި އެޑުމިޓުކޮށްފައި ތިބޭ ބަލި މީހުންގެ ގައިގައި ކޮންމެ ހަތަރު ގަޑިއިރުން މަދިރި ލޯޝަން ލުމަށް ޓާސްކު ފޯހުން ބާރުއަޅާކަމަށްވެސް މުހައްމަދު ވިދާޅުވި އެވެ.

ރާއްޖެއިން ޑެންގީ އެލާޓް ނަގަންދެން ޓާސްކު ފޯހުގެ މަސައްކަތް ކުރިއަށްދާނެކަމަށް މުހައްމަދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355