twitterviber whatsapp telegramfacebookyoutube instagram
16th July 2025

އިއުލާން ނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން އަތުން ދުވާލަކަށް 3 ޑޮލަރު ނެގުމަށް ފާސްކޮށްފި

Jun 29, 2016

ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭ ގޮތަށާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ދުވާލަކަށް ތިން ޑޮލަރު ޓެކްސް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.

އެގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. އިސްލާހު މަޖިލީހުން ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 45 މެމްބަރުންގެ ވޯޓާ އެކު މި އިސްލާހު ފާސްކުރުމާ ދެކޮޅަށް 19 މެމްބަރުން ވޯޓު ދެއްވި އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު އިއުލާންކޮށްގެންނާއި ނުކޮށް ވެސް ރަށް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވޭނެ އެވެ.އަދި އިސްލާހުގައިވާ ގޮތުން ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ދުވާލަކު 3 ޑޮލަރު ނެގުމަށް ވެސް 3ހިމަނާފައިވެ އެވެ. އެގޮތުން ޓޫރިސްޓުން އަތުން އަންނަ އޮކްޓޯބަރު މަހުން ފެށިގެން ޑޮލަރު ނަގަންފަށާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355