twitterviber whatsapp telegramfacebookyoutube instagram
12th April 2026

ހޯރަފުށިން ފަރުމަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު ދެ މީހުން ފެނިއްޖެ

Jun 30, 2016

ހއ ހޯރަފުށިން ޑިންގީއެއްގައި ފަރުމަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު ދެމީހުން ކަނޑުވެފައި ތިއްބާ ފެނިއްޖެ އެވެ.

މި ދެ މީހުން ކަނޑުވެފައި ތިއްބާ ސަލާމަތް ކޮށްފައިވަނީ ފުލުހުންނާއި މަނަފަރު ރިޒޯޓުގެ މުވައްޒަފުންނާއި ހޯރަފުށީ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުންނެވެ.

މި ދެމީހުން ގެއްލިގެން އާއިލާގެ ފަރާތުން ހޯރަފުށީ ޕޮލިސް ސްޓޭޝަނަށް ހުށައަޅާފައި ވަނީ 28 ޖޫން 2016 ވީ އަންގާރަ ދުވަހު 4:00 އިރު ކަަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެމީހުން ހޯދަން ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި މަނަފަރު ރިޒޯޓާއި ހޯރަފުށީ ރައްޔިތުން ކުރި މަސައްކަތް ކުރަމުން ދަނިކޮށް. ކަނޑުވެފައި ތިއްބައި އެމީހުން ފެނިފައިވަނީ އެދުވަހު 05:30 ހާއިރު ހއ. ގޮއްވާފުށީ އިރުމަތީ ފަރާތު ކަނޑުންނެވެ.

މި ޙާދިސާގައި ކަނޑުވެފައިވަނީ 53 އަހަރުގެ ފިރިހެނަކާއި 54 ގެ ފިރިހެނެކެވެ. މި 2 މީހުންނަކީވެސް ދިވެހިންނެވެ. އެ 2 މީހުން ފެނުނު އިރު ޙާލު ދެރަވެފައިވާތީ ހޯރަފުށްޓަށްގެނެސް ހޯރަފުށީ ސިއްހީމަރުކަޒުން ވަނީ ފަރުވާ ދީފައެވެ.

ހޯރަފުށީގައި މަސައްކަތްކުރާ ފުލުހުންނާއި މަނަފަރު ރިޒޯޓުގެ މުވައްޒަފުން އަދި ހޯރަފުށީ ރައްޔިތުން ގުޅިގެން މަސައްކަތްކޮށް ޑިންގީ ނަގައިގެން އިއްޔެގެ ވަގުތެއްގައި ވަނީ ހޯރަފުށްޓަށް ގެނެސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355