twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޖަލާލުއްދީން ސްކޫލްގެ މަތީ ސާނަވީ ދަސްވެނިވުން ބާއްވައިފި

Jul 1, 2016

2016 ވަނަ އަހަރުގެ ޖަލާލުއްދީން ސްކޫލްގެ މަތީ ސާނަވީ ނިންމި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި އެވެ.

މިރޭ އެސްކޫލްގައި ބޭއްވި ރަސްމިއްޔަތެއްގައި ދަސްވެނިވި ދަރިވަރުންނާއި ސްކްރޯލް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ބޭންކް އޮފް މޯލްޑިވްސް ކުޅުދުއްފުށީ ބްރާންޗުގެ މޭނޭޖާރ ޔޫސުފް ނައީމެވެ.

ޔޫސުފް ނައީމް ދެއްކެވި ވާހަކައިގައި ތައުލީމީ ހަޔާތުގެ އެންމެ ބޮޑު މަރުހަލާ ނިމުނީ ކަމަށާއި ކުރިއަށް އޮތްތަނުގައި ހިތްވަރު ދޫނުކޮށް ވަޒީފާގެ މައިދާނުގައާއި، ތައުލީމީ މާހަލުގައި ކުރިއަށް ދިއުމަށް ދަރިވަރުންނަށް ގޮވާލެއްވި އެވެ. މަސައްކަތުގެ މައިދާނުގައިވެސް ތިމާ އަކީ އަމިއްލައަށް އެކަމަށް ގާބިލް މީހެއްކަމަށް ގަބޫލް ކުރަންޖެހޭނެ ކަމަށާއި ލިބޭ ތަޖުރިބާއިން ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާން ދަސްކުރަންވާނެ ކަމަށް ޔޫސުފް ވިދާޅުވި އެވެ.

އޭގެ އިތުރުން އިގްތިސާދީ ގޮތުން ބައިވަރު މަސައްކަތް ކުރެވެން އެބަހުރިކަމާއި އެފަދަ މަސައްކަތް ކުރުމުގެ ވިސްނުން ދަރިވަރުން ގެންގުޅެން ޖެހޭކަމަށްވެސް ޔޫސުފް ވިދާޅުވި އެވެ.

ސްކޫލުގެ ޕްރިންސިޕަލް މަހުދީ ވިދާޅުވީ ހަމައެކަނި މަތީ ސާނަވީ ނިންމާލުމުން ކިއެވުން ނިމުނީ ނޫން ކަމަށާއި ކޮންމެ ކުއްޖަކީ ކުރިމަގުގައި ކޮންމެ ކުއްޖަކުވެސް އެކުއްޖަކު ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދިއުމަށް މަސައްކަތް ކުރަންވާނެ ކަމަށެވެ

ދާންވީ މިސްރާބަކީ ކޮބާކަން އަމިއްލަ ވިސްނައިގެން މިއަދުން ފެށިގެން މަސައްކަތް ކުރަން ފަށަންވީ އެދާއިރާއިން ކުރިއަށް ދިއުމަށް ކަމަށާއި އިތުރަށް ތައުލީމް ހާސިލް ކުރުމަށް ކަމަށެވެ. ސްކޫލް ނިންމާލާފައި މަސައްކަތުގެ ދާއިރާއަށް ދިއުމަކީ މައްސަލައެއް ނޫން ކަމަށާއި އެހެންނަމަވެސް ގައުމަށްޓަކައި މަސައްކަތް ކުރުމުގެ ޝައުގު ކޮންމެ ދަރިވަރަކުވެސް ހުންނަން ޖެހޭނެކަމަށާއި އިތުރަށް ކިޔަވަން ވާނީ އެ އަޒުމުގައި ކަމަށް މަހުދީ ވިދާޅުވި އެވެ. ކޮންމެ ކުއްޖެއްގެ މަގުސަދަކަށް ވާންވާނީ އައު އިލްމު އުފައްދާ ގައުމު ކުރިއެރުވުމަށް މަސައްކަތް ކުރުން ކަމަށްވެސް މަހުދީ ވިދާުޅުވި އެވެ.

މިރަސްމިއްޔާތުގައި ސްކޫލުގެ އާ ކެޕްޓަނާއި ވައިސް ކެޕްޓަނުންނަށް ވަނީ ލިޔުން ހަވާލުކޮށްފަ އެވެ. ސްކޫލުގެ އާ ކެޕްޓަނުގެ މަގާމަށް ހޮވުނީ 12 ސީ ގެ އަބުދުލް ރަޝީދު އިބުރާހިމް އެވެ. ވައިސް ކެޕްޓަނުންނަކީ 12- ބީ އަޒުމާ މުހައްމަދާއި 12 ސީ ގެ އުމަރު ސާލިމެވެ. އޭލެވެލް 46 ދަރިވަރަކު ވަނީ ދަސްވެނިވިކަމުގެ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355