twitterviber whatsapp telegramfacebookyoutube instagram
2nd June 2026

2018 ގެ އިލެކްޝަނުގައި އުމަރު ވާދަ ކުރައްވަން ނިންމަވައިފި

Jul 1, 2016

އަންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާ ވާދަ ކުރެއްވުމަށް އުމަރު ނަސީރު ނިންމަވާ އެކަން އިއުލާން ކުރައްވައިފި އެވެ.

ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އުމަރު މިކަން އިއުލާން ކުރެއްވީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއް މެދުވެރިކޮށެވެ. މި ނިންމެވުން ނިންމަވާ އުމަރު އިއުލާން ކުރެއްވީ އުމަރު ވެސް ނިންސްބަތްވާ ޕީޕީއެމްގެ ތެރޭގައި ބޮޑެތި ކޯޅުން އުފެދި ނުތަނަވަސް ކަމެއް މެދުވެރިވެފައި ވަނިކޮށެވެ.

I have decided to run in the 2018 Presidential Election.

— Umar Naseer (@UmarNaseerPPM) July 1, 2016

ވަކިން ހާއްސަކޮށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކާ ދެމެދު ބޮޑެތިހަމަނުޖެހުންތަކާއި ކޯޅުންތައް އުފެދިފައި ވަނިކޮށެވެ. ރައީސް މައުމޫނު ރޭ ވަނީ ޕީޕީއެމްގެ ކަންތައްތައް އިސްލާހު ކުރެއްވުމަށް އިސްލާހީ އެޖެންޑާއެއްވެސް އިއުލާން ކުރައްވާފައެވެ. ޕީޕީއެމްގެ ޕީޖީ ގުރޫޕުން ވަނީ މައުމޫނު ވާހަކަތަކަށް މިއަދު ރައްދު ދެއްވާފައެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އުމަރު މިއަދު އިއުލާން ކުރެއްވި ނަމަވެސް، މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، މީޑިއާތަކުގައި އޭނާ ވިދާޅުވެފައި ވަނީ އެންމެ އަވަހަށް ވެސް ވާދަކުރައްވާނީ 2023ގެ އިންތިހާބުގައި ކަމަށެވެ. އުމަރުގެ ކުއްލި ނިންމުން އައި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355