ހއ އަދި ހދ އަތޮޅުގެ ފެރީގެ ހިދުމަތް އިއްޔެ އެމްޓީސީސީ ދޭން ފަށައިފި އެވެ. އެމްޓީސީސީ ފެރީގެ ހިދުމަތް ދޭން ފަށާފައިވަނީ ކުރިން ޓިކެޓް ވިއްކި އަގައި އަޅައި ބަލާއިރު ބޮޑުތަނުން ޓިކެޓްގެ އަގު ބޮޑުކޮށްފަ އެވެ.
ޖޫން 30 ވަނަ ދުވަހާއި ހަމައަށް މި ދެ އަތޮޅުގައި ފެރީގެ ހިދުމަތް ދިފައިވަނީ އެއާޕޯޓް ފެރީ އޮޕަރޭޓަރސް އިންނެވެ. އެފަރާތުން ފެރީގެ ހިދުމަތް ދީފައިވަނީ އަތޮޅު ތެރޭގައި ކޮންމެ ދަތުރަކަށް ވެސް 20 ރުފިޔާގެ މަގުންނެވެ. އަތޮޅު ބޭރުގެ ދަތުރުތަކަށް 25 ރުފިޔާއަށެވެ.
އެމްޓީސީސީ ފެރީގެ އަގުތައް ކަނޑައަޅާފައިވަނީ ދަތުރުގެ ދިގު މިނަށް ބަލައިގެން ނެވެ. އެގޮތުން ހދ އަތޮޅުގެ ދަތުރުތަކުގެ އަގުތަކަށް ބަލާލާއިރު އެންމެ ކުރު ދަތުރުތަކަށް ވެސް 30 ރުފިޔާ އަރަ އެވެ. އެންމެ ދިގު ދަތުރަކަށް އަރަނީ 80 ރުފިޔާ އެވެ. އެއީ މަކުނުދޫއިން ކުޅުދުއްފުއްޓަށް ކުރާ ދަތުރެވެ.
ހދ ގެ ފެރީ ދަތުރުތައް ހަމަޖެހިފައިވާ ގަޑިތަކާއި އަގު އަދި ފެރީ ރޫޓްތައް:
ހއ އަތޮޅުގެ ފެރީގެ ދަތުރުތަކަށް ބަލާލާއިރު އެންމެ އަގު ހެޔޮކޮށް އުޅޭނީ 30 ރުފިޔާއަށެވެ. އަދި އެންމެ އަގު ބޮޑުކޮށް ހުރީ 80 ރުފިޔާއަށެވެ. އެއީ ތުރާކުނުން ކުޅުދުއްފުށީ ދަތުރާއި ކެލާއިން ކުޅުދުއްފުއްޓަށް ކުރާ ދަތުރެވެ.
ހއ ގެ ފެރީގެ ރޫޓްތަކާއި އަގުތައް ހަމަޖެހިފައިވާ ގޮތް:
ފެރީ ޓިކެޓްގެ އަގަށް ގެނެވުނު ބަދަލާ ގުޅިގެން ގިނަ ރައްޔިތުންތަކެއް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.