“ކަނބުލޮ” ގެ ނަމުގައި ކުޅުދުއްފުށީގައި އަންހެނުންނަށް ހާއްސަ ފިހާރައެއް ހުޅުވައިފި އެވެ. ރޭ ހުޅުވި މިފިހާރައިން ބޮޑެތި މީހުން އަދި ކުޑަކުދިންގެ އަންނައުނު ލިބެން ހުންނާނެ އެވެ.
ފިހާރަ ހިންގުމާ ހަވާލުވެ ހުރި ފަރާތުން ކޭއޯ އަށް މައުލޫމާތު ދެމުން ބުނީ އަންހެނުންނަށް ހާއްސަކޮށް ފިހާރައެއް ހުޅުވުމުގެ މަގުސަދަކީ ރަށުގައި އަންހެނުންނަށް ހާއްސަކޮށް ފިހާރައެއް ނެތުމާއެކު ރަށުން އަންނައުނު ލިބުމުގައި ދަތިތަކެއް ހުންނާތީ ކަމަށެވެ.
ފިހާރަ ހުޅުވުމުގެ މަގުސަދަކީ އަންހެނުންނަށް ބޭނުންންވާ ތަކެތި ފަސޭހައިން އެއްތާކުން ފޯރުކޮށްދިނުން ކަމަށާއި މި ފިހާރައިން އެންމެ ފަހުގެ ފެޝަންގެ ތަކެތި ލިބެން ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
އެގޮތުން މި ފިހާރައިން އަންނައުނުގެ އިތުރުން ބޫޓް، ފައިވާން، ދަބަސް، ޝޯލް، ޖީންސް އަދި ލެގިންސް ލިބެން ހުންނާނެ އެވެ.
އަގުތަކަށް ބަލާއިރު ހެދުން އުޅެނީ 240 އާއި 490 ރުފިޔާއި ދެމެދުގައި ކަމަށާއި ލެގިން އަދި ޖީންސް 150 އާއި 250 ރުފިޔާއާއި ދެމެދުގެ އަގެއްގައި އުޅޭއިރު ދަބަސް، ފައިވާން އަދި ޝޯލް ލިބެން ހުންނާނީ 100 ރުފިޔާއާއި 300 ރުފިޔާއާއި ދެމެދުގަ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން މި ފިހާރައިން ފަހުގެ ފެޝަންތަކުގެ ހެދުމާއި ޓޮޕް ހުރިހާ ސައިޒަކުން ލިބެން ހުންނާނެ އެވެ. ކޮންމެ ޑިޒައިނަކުންވެސް ލިބެން ހުންނާނީ އެކަތިކަމަށާއި އަބަދުވެސް މަސައްކަތްކުރާނީ “ވަން ޕީސް” ތަކެތި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ފިހާރަ ހިންގުމާ ހަވާލުވެހުރި ފަރާތުން މި ނޫހަށް މައުލޫމާތު ދިނެވެ.
ބޭނުމަކީ ކުރިއަށް އޮތްތަކުގައި ކަސްޓަމަރުންގެ ހިޔާލުތަކާއެކު ކަސްޓަމަރުން ބޭނުންވާ ސާމާނު ފޯރުކޮށް ދިނުން ކަމަށް އެފިހާރައިން މަައުލޫމާތު ދެއެވެ.
ހުކުރު ދުވަސް ފިޔަވާ ފިހާރަ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 9 ން 12 އަދި މެންދުުުރުފަހު 13:00 ން 15:00 އަދި ހަވީރު 4 ން 6 ށެވެ. އޭގެ އިތުރުން ރޭގަނޑު 20:30 ން 23:00 އަށެވެ. ހުކުުރު ދުވަހު ފިހާރަ ހުޅުވިފައި ހުންނާނީ ހަވީރު 4 ން 6 އަށް އަދި ރޭގަނޑު 20:30 ން 11 ށެވެ.
މި ފިހާރަ ހިންގަމުން ދަނީ ކުރީގެ ކުއާންޓަމް ހިންގި އިމާރާތުގަ އެވެ