twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިރާގު ރޯދަ ހަދިޔާގެ 4ވަނަ ހަފްތާގެ ނަސީބުވެރިޔާއާއި އިނާމް ހަވާލުކޮށްފި

Jul 3, 2016

ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަން 1437 ގެ ބޮޑު ހަދިޔާގެ 4 ވަނަ ހަފްތާގެ ނަސީބުވެރިޔާއާއި އިނާމް ހަވާލުކޮށްފިއެވެ.

ދިރާގާއި ރީފްސައިޑް ގުޅިގެން ކުރިޔަށްގެންދާ މި ޕްރޮމޯޝަންގައި ދިރާގުގެ ހުރިހާ މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއްވެސް އިތުރު މަސައްކަތެއް ކުރުމަކާއިނުލާ ބައިވެރިވެވޭނެއެވެ.

ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހު ހަވީރު 4:30 ގައި ރާއްޖެޓީވީގެ ބާޒާރުމަތިން އެކްސްޓްރާ ޕްރޮގްރާމްގައި ލައިވްކޮށް ނެގޭ ގުރުއަތުން އެލްޖީ ބްރޭންޑްގެ 4ކޭ އަލްޓްރާ އެޗްޑީ ޓީވީއަކާއި 8ކޭ ޑައިރެކްޓް ޑްރައިވް ދޮންނަމެޝިން އަދި ޑްރަޔާ ސްމާޓް ކަނެކްޓް ރެފްރިޖަރޭޓަރެއްގެ އިތުރުން ވަޔަލެސް ހައި އެންޑް ސްޕީކަރާއި އެލްޖީގެ ސަޕްރައިޒް ގިފްޓް ހެމްޕާއަކާއިއެކު ޖުމްލަ 65000 ރުފިޔާއަށް ވުރެ އަގު ހުރި އެލްޖީ ހޯމް ޕެކެއް ކޮންމެ ހަފްތާއެއްގެ ނަސީބުވެރިޔާއަށް ލިބިގެންދާނެއެވެ.

އެގޮތުން 4 ވަނަ ހަފްތާގެ ނަސީބުވެރިޔަކީ ޏ. ފުވައްމުލަކު ދޫޑިގަން އަލިވާގެ އަލީ މުހައްމަދު އެވެ. އަދި 5 ވަނަ ހަފްތާގެ ނަސީބުވެރިޔާވެސް ވަނީ ހޮވާފައެވެ. އެގޮތުން މި ހަފްތާގެ މި ހަދިޔާ ހޯއްދެވި ފަރާތަކީ ހ. ޓްވައިލައިޓް އައިމިނަތު ގުރައިޝާ އެވެ. މި އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ޕްރޮގްރާމުގައި މިފަރާތާވެސް އިނާމް ހަވާލު ކުރެވިގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.

ހަމަ އެޔާއިއެކު ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ހިންގާ ތަފާތު ޕްރޮމޯޝަން ތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު އެޗްއައިއެޗް އިން 5 ބޭފުޅަކަށް ލިބިލައްވާ ރޯދަވިއްލުމުގެ 4 ވަނަ ހަފްތާގެ ނަސީބުވެރިޔާއާއި ވެސް ވަނީ އިނާމް ހަވާލުކޮށްފަ އެވެ. އެގޮތުން މި ޕްރޮމޯޝަންގެ މި ހަފްތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ މ. ޑައިމަންޑްވިލާ މުހައްމަދު ރަފީގު ހަސަން އެވެ.

މި ޕްރޮމޯޝަނަކީ iftar ޖެއްސެވުމަށްފަހު 500 އަށް އެސްއެމްއެސް އެއް ކުރައްވައިގެން ދިރާގުގެ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕްރޮމޯޝަނެކެވެ. އަދި ކުރައްވާ ކޮންމެ އެސްއެމްއެސް އަކަށް 1 ރުފިޔާ ޗާޖު ކުރެވޭނެ އެވެ. އަދި ކުރާ އެސްއެމްއެސް އިން ލިބޭ ހުރިހާ ފައިސާއެއް ކަސްޓަމަރުންގެ ނަމުގައި ފިތުރު އީދު ދުވަހު ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355