ރައްޔިތުންގެ ކަންބޮޑުވުމާ ގުޅިގެން އެންމެ އުތުރުގެ 3 އަތޮޅުގެ ފެރީގެ ހިދުމަތުގެ އަގު ހެޔޮކޮށްފި އެވެ. ހއ. ހދ .ށ އަތޮޅުގެ ފެރީގެ އަގު އެމްޓީސީސީން އަގު ހެޔޮކޮށްފައި މިވަނީ އެސަރަހައްދުގެ ރައްޔިތުން އެކަމާ ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެމްޓީސީސީން ބުނީ ހއ. ހދ އަދި ށ އަތޮޅުގެ ފެރީގެ ދަތުރުތައް މިއަދުން ފެށިގެން އަގު ހެޔޮކޮށްފައިވާކަމަށެވެ. އެގޮތުން އަތޮޅު ތެރޭގެ ކޮންމެ ދަތުރެއް ވެސް 20 ރުފިޔާއަށް ކުރެވޭނެ ކަމަށާއި އަދި އަތޮޅުން ބޭރު ދަތުރުތައް 30 ރުފިޔާއަށް ހެޔޮކޮށްފައިވާ ކަމަށެވެ.
މި 3 އަތޮޅުގެ ފެރީގެ ހިދުމަތާއި އެމްޓީސީސީން ހަވާލުވެފައިވަނީ މި ޖުލައި މަހުގެ 1 ވަނަ ދުވަހު އެވެ. އޭރު ފެރީގެ އަގުތައް ވަނީ ކަނޑައަޅާފައިވަނީ ރަށްރަށުގެ ދުރުމިނަށް ބަލާފަ އެވެ. އެކަމުގެ ސަބަބުން ބައެއް ރަށްރަށުގެ ފެރީގެ އަގު 80 ރުފިޔާއަށް ވަނީ އަރާގެން ގޮސްފަ އެވެ.