މިއަދު ހަވީރު ކުޅުދުއްފުއްޓަށް ކުރި ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން، ކުޅުދުއްފުށީ ހޮސްޕިޓަލް ކަރީގައި ހުންނަ ބީއޭމްއެލްގެ އޭޓީއެމް ހުންނަ ރޫމް ދޮރުތަޅައިގެން ގޮސްފި އެވެ.
ތަޅައިގެން ގޮސްފައިވަނީ ހޮސްޕިޓަލްގައި ހުންނަ އޭޓީއެމްގެ ކަނާތް ފަރާތުގެ ދޮރެވެ. ބީއެމްއެލްގެ މުއްވަޒަފުން މިހާރު ދަނީ އެތަން ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ބީއެމްއެލް ކުޅުދުއްފުށީ ބުރާންޗްގެ މެނޭޖަރު ޔޫސުފް ނައީމް ވިދާޅުވީ ބިއްލޫރި ގަނޑު ތަޅައިގެން ގޮސްފައިވަނީ ގަދަ ވަޔާއެކު ކަމަށާއި އާ ދޮރެއް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިއަދު މެންދުރުފަހުން ފެށިގެން ކުޅުދުއްފުއްޓަށް ދަނީ ވަރަށް ބާރަށް ވައި ޖެހެމުންނެވެ.