މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކުޅުދުއްފުށީ ބުރާންޗް މި ޖުލައިމަހު ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ބޭންކުން ބުނެފި އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން މުހައްމަދު ޝަފާއު ކޭއޯ އަށް ވިދާޅުވީ އެ ބޭންކުގެ ކުޅުދުއްފުށީ ބުރާންޗް މިމަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމަކު ސީދާ ތާރީހެއް އަދި ފައިނަލް ނުވާ ކަމަށެވެ.
ޝަފާއު ވިދާޅުވީ ކުޅުދުއްފުށީ ބުރާންޗުން ވެސް މާލެއިން ލިބޭ ހުރިހާ ހިދުމަތް ތަކެއް ވެސް ލިބެންހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުޅުދުއްފުށީ ބުރާންޗުގެ ވަޒީފާތަކަށް މިހާރު ކުދިން ގަނައި މާލޭގައި ޓްރެއިންގ ކުރަމުންދާ ކަމަށާއި މުޅިން ވެސް ވަޒީފާތަކަށް ނަގައި ފައި ހުންނަނީ ހދ އަތޮޅަށް ނިސްބަތްވާ ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް ބޭންކުގެ ކުޅުދުއްފުށީ ބުރާންޗު ހުންނާނީ އަމީނީމަގުގައި ހުންނަ ޕެރިސްގެ އިމާރާތުގެ ގުރައުންޑް ފްލޯ އާއި ފަސްޓް ފުލޯގަ އެވެ.