twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަސްތުވާ ތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި

Jul 5, 2016

މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 5  ޕެކެޓާ އެކު އިއްޔެ ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް މަސްތުވާ ތަކެއްޗާއި އެކު އިއްޔެ ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ރޭނގަޑު 7 ޖަހާއެހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހައްޔަރުކުރި މީހާގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރި ވަގުތީ ޓެސްޓްތަކުން މަސްތުވާތަކެތީގެ 2 ބާވަތަކަށް ޕޮޒްޓިވް ވެފައިވާ ކަމަށެވެ.

އެމީހާގެ ބަންދުގެ މުއްދަތުގެ ގޮތުގައި ކުޅުދުއްފުށީ ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހާދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355