ކުޅުދުއްފުށީގައި ބޮޑު ޖަމާއަތެއްގައި ފިތުރު އީދު ނަމާދު މިއަދު ކޮށްފި އެވެ.
ކުޅުދުއްފުށީ ސްޓޭޑިއަމްގައި ކުރި އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައި އެވެ. މިޖަމާއަތުގައި އިމާމުވެ އީދު ނަމާދު ކޮށްދެއްވީ ރޫހުލްއަމީން އަބުދުﷲ އެވެ.
އަންހެނުންނާއި ފިރިހެނުން އަދި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ މިބޮޑު ޖަމާއަތުގައި ބައިވެރިވެފަ އެވެ. މިއަހަރުގެ އީދު ނަމާދު ކުޅުދުއްފުށީގައި ކޮށްފައިވަނީ ސްޓޭޑިއަމުގެ އާއި ކުޅުދުއްފުށީ ހުކުރު މިސްކިތުގައި އެވެ.
ބޮޑު ޖަމާއަތަށް މީހުން ގެންދިއުމަށް ހިލޭ ވަނީ ވެހިކަލް ތަކެއް ވެސް މިއަދު ހަމަޖައްސާފަ އެވެެ.
މި ސަރަހައްދުގެ ބައެއް ރަށްރަށުގައި ވެސް ވަނީ ހުސްބިންތަކުގައި އީދު ނަމާދު ކޮށްފަ އެވެ.