twitterviber whatsapp telegramfacebookyoutube instagram
14th August 2026

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުޅުދުއްފުށީ މީހަކު ހޯދަނީ

Jul 10, 2016

މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުޅުދުއްފުށީ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

މިމައްސަލައިގައި ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ޗާނދަނީގެ، މުހައްމަދު ފާރިޙު (26އ) އެވެ.

ފުލުހުން ބުނީ މީނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355