ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހއ. ދިއްދޫގައި ބާއްވާފައިފި އެވެ.
ހއ. އަތޮޅުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ކިޔަވާދެއްވީ އެލްޖީއޭގެ ދެ ބޭފުޅުންނެވެ. އެއީ ޑިރެކްޓަރ ޖެނެރަލް ޝަމްއޫން އާދަމާއި ގަވަރނަންސް އޮޑިޓަރ އަހުމަދު ހަސަން އެވެ.
މި ޕްރޮގްރާމުގައި ހއ އަތޮޅުގެ ކައުންސިލް އިދާރާތަކުން ބައިވެރިވެ އެވެ.