ދަނޑުވެރިކަމުގެ ބާވަތްތައް އިތުރުކުރެއްވުމަށް ރާއްޖޭގައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެކި ބާވަތްތަކުގެ ބޭރީސް އުފެއްދުމަށް މަސައްކަތް ފަށައިފި އެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ޑރ ޝައިނީ ވިދާޅުވެފައިވަނީ ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އިތުރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ބޭރީސްގެ އެކި ބާވަތްތައް އުފެއްދުމަށް ބޭނުންވާ ދިރާސާތައް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. ޝައިނީ ވިދާޅުވީ އެމަސައްކަތުގެ އީއައިއޭ މިހާރު ނިމުމަކާ ހަމަ ގޮސްފައިވާ ކަމަށެވެ
ޝައިނީ ވިދާޅުވީ އެކުރަނީ ކަނޑު އަޑިން ގާތްގަނޑަކަށް 800 މީޓަރު އަޑިން ފިނިފެން ނަގައިގެން ކަމަށާއި އެންމެފަހުން ލިބުނު މައުލޫމާތުން އެބޭފުޅުންނަށް މިހާރު އެރަށާއި ކައިރިން، އެވަރުގެ ފުންމިންހުރި ތަނެއް ވަނީ ފެނިފައިވާ ކަމަށެވެ
“އެހެންވީމަ އެތަނަށް ހޮޅިއަޅައިގެން އެ މަސައްކަތް ކުރުމުގެ މަސައްކަތް ހަމަ ވަރަށް ބާރަށް ކުރިއަށް އެބަދޭ. މަސައްކަތް އެއްކޮށް ފައްޓައެއް ނުގަނެވޭ. އެހެންނަމަވެސް ހަމަ އެ ޕްރޮޖެކްޓުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް އެބަދޭ” ޕީއެސްއެމްގައި މިނިސްޓަރ ޝައިނީ ވިދާޅުވެފައިވެ އެވެ.
މި ބާވަތުގެ އުފެއްދުންތަކަށް ރާއްޖޭގައި ރަނގަޅު ފުރުސަތުތަކެއް އޮތްކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށްގެން މި ފަދަ މާކެޓެއް އުފައްދައިފިނަމަ މިކަމުގެ ސަބަބުން ފައިދާތަކެއް ވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެމަޝްރޫއު ކުރިއަށްގެންދަނީ ގއ. ގދ ހިމެނޭ ސަރަހައްދުގެ ރަށްތަކުގައި ކަމަށެވެ.