ކުޅުދުއްފުށީ ބައިބަލާ މުބާރާތުގެ އެންމެ މޮޅު އެޓޭކިން ކުޅުންތެރިޔާގެ މަގާމު ހޯދި އިސްމާއީލް އަހްސަން (އައްބެ) އަށް މުބާރާތުން ލިބުނު ބައެއް އިނާމްތައް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ހަދިޔާކުރުމަށް ނިންމައިފި އެވެ. އައްބެ ވަނީ މުބާރާތުގެ އެންމެ މޮޅު ފަސް ބައިވެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.
އައްބެއަށް ލިބުނު އިނާމް ހަދިޔާކުރަނީ އޮށަނިމާގެ، އައިމިނަތު ސަމްހާ(12އ) އަށެވެ.
އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އަހުސަން ވަނީ އޭނާއަށް އެމުބާރާތުގައި ލިބުނު ކާމިޔާބިތައް ސަމްހާއަށް ޑެޑިކޭޓްކޮށްފައިވާކަން ވެސް އިއުލާންކޮށްފަ އެވެ.
އައްބެއަށް ލިބުނު ފައިސާގެ އިނާމާ ސަޕޯޓަރުން ދިން ހަދިޔާ އޭނާ ވަނީ އެކުއްޖާއަށް ހަދިޔާކުރުމަށް ނިންމާފަ އެވެ.
މިއަހަރު އައްބެ ކުޅުނު ޖާރޒީގައި ވެސް ޖަހަފައިވަނީ ސަމްހާގެ ނަމެވެ.