twitterviber whatsapp telegramfacebookyoutube instagram
13th April 2026

އިމާރާތެއް ހެދުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު ވެއްޓި ޒަހަމް ވެއްޖެ

Jul 13, 2016

ކުޅުދުއްފުށީގައި ގެ އެއްގެ މަތީ ބެރި އަޅަން އުޅުނު ބިދޭސީއަކުން ވެއްޓި ވަރަށް ބޮޑަށް ޒަހަމް ވެއްޖެ އެވެ. ބޮޑަށް ޒަހަމް ވެފައިވަނީ އޭނާގެ ބޮލަށެވެ.

ހިރަފުސް ދަނޑުގެ އިރުމަތި ފަރާތުގައި ހަދަން ފަށާފައި ހުރި މި ގެއިން ބިދޭސީ މީހާ ވެއްޓީފައިވަނީ ގާތްގަނޑަށް 14 ވަރަށް ފޫޓް މަތިންނެވެ. އެތަނުގައި ހުރި މީހަކު ކޭއޯ އާ ވާހަކަ ދައްކަމުން ބުނީ ބިދޭސީ މީހާ މަސައްކަތް ކުރީ މަތީ ބެރިއެޅުމުގެ މަސައްކަތް ކުރަން ކަމަށާއި އޭނާ ވެއްޓިފައިވަނީ އެތަނުގައި ހުރި ފާރުކޮޅަކާ އެކު ކަމަށެވެ.

ވެއްޓި ޖެހުނުތައް–

ބަންގުލަދޭޝްއަށް ނިސްބަތްވާ އެމީހާގެ  ބޮލުގެ ވާތްފަރާތުން ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފަ އެވެ. އޭނާއަށް މިހާރު ދަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު 09:45 ހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355