twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ހދ އަތޮޅުގެ ޕަވަރ ޕުލާންޓްތައް އެނާޖީ ހައިބްރިޑަށް ބަދަލަކުރަނީ

Jul 13, 2016

ހދ އަތޮޅުގައި ރިނިއުއަބަލް އެނާޖީ ހައިބްރިޑް ޕަވާ ޕްލާންޓްތަކެއް ޑިޒައިންކޮށް ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން އެންވަޔަރަންމަންޓް އެންޑް އޭނާޖީ މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ މި މަސައްކަތުގެ މަަގުސަދަކީ ހދ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގެ ޑީސަލް ޕަވާ ޕްލާންޓްތައް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ހައިބްރިޑް ސިސްޓަމްތަކަށް ބަދަލުކުރުމަށެވެ. އަދި މިރަށްތަކުގައި ބޭނުން ކުރެވޭ ޑީސަލް ޕަވާ ޕްލާންޓްތަށް އޮޓޮމޭޓް ކުރުމާއި ޕަވާ ޑިސްޓްރިބިއުޝަން ގުރިޑްތަކުގެ ފެންވަރު ރަނގަޅުކުރުމަކީވެސް މި މަސައްކަތުގެ މަގުސަދު ކަމަށް ވިދާޅުވި އެވެ.

މި ބީލަމުގައި ބައިވެރިވުމަށް ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަން ޖެހޭނެ އެވެ. އަދި މި ފައިސާ ބަލައިގަތުން 11 ޖުލައި 2016 އިން 4 ސެޕްޓެމްބަރ 2016 އަށް އޮންނާނެ އެވެ. އަދި ބަންދު ނޫން ކޮންމެ ކޮންމެ ދުވަހަކު 8:30 އިން 13:00 އަށް އެނާޖީ މިނިސްޓްރީގައި ފައިސާ ބަލައިގަތުން ކުރިއަށް ދާނެ ކަމަށް އެ އިލާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355