twitterviber whatsapp telegramfacebookyoutube instagram
14th August 2026

އިންސާނިއްޔަތަށް ހިދުމަތް ކުރަން ބޭނުންވާ ފަރާތްތަކަށް މިއޮތީ ރަނގަޅު ވަޒީފާ އެއް !

Jul 13, 2016

ރެޑް ކުރެސެންޓް ހދ ބުރާންޗަށް ކޯޑިނޭޓަރަކު ހޯދަނީ

އިންސާނިއްޔަތަށް ހިދުމަތް ކުރަން ބޭނުންވާ ފަރާތްތަކަށް މިފަހަރު މިއޮތީ ރަނގަޅު ފުރުސަތެއް ކެވެ. ދިވެހި ރެޑް ކްރެންސެންޓްގެ ހދ ބުރާންޗަށް ކޯޑިނޭޓަރެއް ހޯދުމަށް މިހާރު މިވަނީ އިއުލާންކޮށްފަ އެވެ.

އިއުލާންގައި ވާގޮތުން އެމަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެއްސަކަށް ވުމާ އެކު ދަށްވެގެން އޭލެވެލް ނުވަތަ އިންސާނިއްޔަތާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް ވާންޖެހެ އެވެ. ހަމައެއާ އެކު މެނޭޖްމެންޓާއި އިދާރީ ހިންގުމުގެ ދާއިރާގައި މަދުވެގެން އަހަރު ދުވަހުގެ ތަޖްރިބާ ހުރި ފަރާތްކަށް ވެސް ވާންޖެހެ އެވެ.

މި މަގަމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ޖުލައި 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އައިޑީ ކާޑު ކޮޕީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ސިވީ [email protected] އަށް މެއިލްކުރުމަށް އެފަރާތުން އެދެއެވެ.

މި މަގާމްގެ މުސާރައަކީ 11300 އާއި 17000 ރުފިޔާއާ ދެމެދުގެ މުސާރައެކެވެ. މުސާރަ ހަމަޖައްސާނީ ތައުލީމާއި ތަޖްރިބާއަށް ބެލުމަށްފަހުއެވެ.

ފުރިހަމަ ޤާނޫނީ ހައިސިއްޔަތު ލިބިގެން ދިވެހި  ރެޑް ކްރެސެންޓް އުފެދިފައި ވަނީ 16 އޮގަސްޓް 2009 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355