މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަގާމަށް ގަލޮޅު ވައިޖެހޭގޭއާގޭ ޑރ މުހައްމަދު އާސިމް ހަމަޖައްސައިފި އެވެ.
ޑރ މުހައްމަދު އާސިމަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައެވެ. އަދި ޑރ މުހައްމަދު އާސިމް މިހާތަނަށް ހުންނެވީ ބަންގުލަދޭޝްގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރުގެ ކަމުގެ މަގާމުގައެވެ.
ޑރ މުހައްމަދު އާސިމަކީ ރާއްޖޭގެ ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވާތާ ގިނަ ދުވަސްތްކެއްވެފައިވާ އަދި އެ ދާއިރާގައި ތަޖުރިބާތަކެއް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
މި މަގާމަށް ޑރ މުހައްމަދު އާސިމް ހަމަޖައްސައިފައި މިވަނީ ކުރީގެ މިނސްޓަރ ދުންޔާ މައުމޫނު މި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.