twitterviber whatsapp telegramfacebookyoutube instagram
6th November 2025

ކެލާއިން މަސްތުވާތަކެތިކަަމަށް ޝައްކު ކުރެވޭ 10 ސެލޯފިން ކޮޅު ހޯދައިފި

Jul 14, 2016

ހއ ކެލާއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 10 ސެލޯފިން ކޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މި ތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ކެލާ ޕޮލިސް ސަޓޭޝަނުން މި ޖުލައި 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެރަށަށް އައި ފެރީއިން ބޭލި ފޮށިގަނޑެއް ބަލައިފާސްކުރުމުން ނެވެ.

ފެރީން ބޭލީ ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ ފޮށިގަނޑު ބަލަައި ފާސްކުރިއިރު ފޮށިގަނޑު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅުތައް ފެނިފައިވަނީ ފޮށިގަނޑުގެ ތެރޭގައި އޮތް ޕިކްފައިން ޕެކެޓެއް ތެރެއިންނެވެ.

މިހާތަނަށް މިމައްސަލާގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެފައި ނުވާކަމަށާއި މިމައްސަލަ ހއ ކެލާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާކަމަށް ޕޮލިހުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355