twitterviber whatsapp telegramfacebookyoutube instagram
2nd June 2026

އެމްޓީސީސީން ފެރީގެ ހިދުމަތް ދޭން ފެށުމުން ޝަކުވާ ބޮޑުވެއްޖެ

Jul 14, 2016

ހދ އަތޮޅުގައި އެމްޓީސީސީން ފޯރުކޮށްދޭ ފެރީގެ ހިދުމަތާ މެދު ހިތްހަމަނުޖެހިގެން ގިނަ ރައްޔިތުންތަކެއް ޝަކުވާ ކުރަމުންދާ ކަމަށް ހދ އަތޮޅު ކައުންސިލުން ބުނެފި އެވެ.

ކޭއޯ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހދ އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އިބުރާހިމް ވިދާޅުވީ ފެރީގެ ހިދުމަތާ މެދު ރައްޔިތުންގެ ޝަކުވާ ވަރަށް ގިނަ ކަމަށެވެ.

” ފެރީގެ ކަންތަކުގައި އުޅުންވާ ކައުންސިލަރުން އެއިންނަނީ ފޯނު ކަންފަތު ނައްޓާނުލެވިފައި މީހުން ޝަކުވާ އާ ގެން ގުޅުވަރުން ” އަހުމަދު ވިދާޅުވި އެވެ

އޭނާ ވިދާޅުވީ އެންމެ ގިނައިން ހުށަހަޅަނީ ފެރީ ރޫޓްތައް ދިގުވުމުން ކަމަށެވެ. އެގޮތުން އެމްޓީސީސީން ފެރީގެ ހިދުމަތް ދޭން ފެށުމުން 4 ރަށަށް މަޑުކޮށް މީހުން ނަގާ ކަމަށެވެ. މީގެ ކުރިން ފެރީގެ ހިދުމަތް ފޯރުކޮށްދިން ފަރާތުން ރައްޔިތުންގެ ޝަކުވާ އަޑު އަހާ އެފަރާތުން އެދޭ ގޮތަށް ފެރީގެ ކަންތައް ކުރެއްވި ކަމަށް އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ މަސައްލަތައް އަންނަ ހަފްތާ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅުވާނެ ކަމަށެވެ.

އެމްޓީސީސީން ހދ ގައި ފެރީގެ ހިދުމަތް ދޭން ފަށާފައިވަނީ ޖުލައި މަހުން ފެށިގެންނެވެ. ފުރަތަމަ ފެށީވެސް ފީ ގެ އަގު ވަރަށް ބޮޑުކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ ރައްޔިތުންގެ ޝަކުވާއެކު ކުޑަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355