twitterviber whatsapp telegramfacebookyoutube instagram
6th November 2025

ހަލުވި ކަމާއެކު ޑެންގީ ފެތުރޭތީ ކުދިން ސްކޫލަށް ނުފޮނުވުމަށް އިހަވަންދޫ ކައުންސިލުން އިލްތިމާސްކޮށްފި

Jul 16, 2016

އިހަވަންދޫގައި ހަލުވި ކަމާއެކު ޑެންގީ ހުން ފެތުރެެމުންދާތީ ކުދިން ސްކޫލަށް ނުފޮނުވުމަށް އެރަށު ކައުންސިލުން އިލްތިމާސް ކުރައްވައިފި އެވެ.

ކައުންސިލުގެ ރައީސް އާސިފް ސޮއެ ކުރައްވާ ނެރުނު އިއުލާންގައި ބުނެފައިވަނީ އިހަވަންދޫގައި ހަލުވި ކަމާއެކު ޑެންގީހުން ފެތުރެމުންދާތީ އެބަލިން ރައްކާތެރިވުމަށްޓަކާ މިދުވަސްކޮޅު ދަރިވަރުން ސްކޫލަށް ނުފޮނުވުމަށް އިލްތިމާސް ކުރުމަށް ކައުންސިލުން ނިންމަވައިފި ކަމަށެވެ.

ހަމައެއާ އެކު އިއުލާންގައި ބުނެފައިވަނީ ކުޑަކުދިންގެ ޕާރކް ވެސް ބަންދުކުރަން ނިންމަވާފައިވާ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން އެއްވެސް ފަރާތަކުން ޕާކަށް ނުވަނުމަށާއި ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ކުޑަކުދިން ބޭރަށް ނުނިކުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ޑެންގީހުމަށް ރައްޔާތެރިވުމަށް ކައުންސިލުން ނިންމި މި ނިންމުމާ ގުޅިގެން އެރަށުގެ ގިނަ ރައްޔިތުންތަކެއް އަންނަނީ ކައުންސިލަށް ފާޑު ކިޔަމުންނެވެ.

އިހަވަންދޫގައި ޑެންގީހުން ކޮންޓޯލްނުވެ ހަލުވިކަމާއެކު ފެތުރެމުންދާތާ މިހާރުވަނީ މަސްތަކެއް ވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355