twitterviber whatsapp telegramfacebookyoutube instagram
13th April 2026

ހައިޑްރޯފޯނިކްސް ތަމްރީނު ޕްރޮގްރާމެއް ނެއްލައިދޫގައި ފަށައިފި

Jul 17, 2016

ހދ.އަތޮޅު ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގުޅިގެން ނެއްލައިދޫގައި  ފެނުގައި ގަސް އިންދަން ދަސްކޮށްދޭ  ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

ނެއްލައިދޫ ކައުންސިލްގެ އެހީތެރިކަމާއެކު އެރަށުގައި ކުރިއަށްގެންދާ މިޕްރޮގްރާމަކީ އަތޮޅު ކައުންސިލާއި، އެގްރިކަލްޗަރ މިނިސްޓްރީ ގުޅިގެން ހދ.އަތޮޅުގެ ދެބިތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައިޑްރޯޕޯނިކްސް ޓްރެއިނިންގ ޕްރޮގްރާމްގެތެރެއިން އުތުރުބިތުގައި ކުރިއަށް ގެންދާ ޕްރޮގުރާމް ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ.

މިމަހުގެ 14 އިން 24 އަށް ނެއްލައިދޫގައި ކުރިއަށްގެންދާ ޕްރޮގްރާމްގައި ހިރިމަރަދޫ އަދި ނެއްލައިދޫއިން ޖުމްލަ 35 ފަރާތަކުން ބައިވެރިވެފައިވެއެވެ. މިޕްރޮގްރާމްގައި ހައިޑްރޯޕޯނިކްސްގެ ވައްތަރުތަކާއި ހައިޑްރޯޕޯނިކްސް ބޭނުންކޮށްގެން ކިއުކަމްބަރ މެލަން، ލެޓިއުސް އަދި ކަންކުންފަދަ ބާވަތްތައް ހައްދާނެގޮތް ކިޔަވައިދެވޭނެއެވެ.

އޭގެއިތުރުން ގަސްކާނާ ބޭނުންކުރާނެގޮތާއި، ބޭސް ބޭނުންކުރާނެގޮތްވެސް ކިޔަވައިދެވޭނެއެވެ.

ދެކުނުބިތުގެ ރަށްތަކަށް ބާއްވާ ޕްރޮގްރާމް މި ޖުލައި މަހުގެ 31 އިން އޮގަސްޓް 9 އަށް ނޭކުރެންދޫގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މިޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ތަޖްރިބާކާރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355