ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ހުއްޓައި ފަޅާލައިވާ ބޯޅަތަކަކީ މިއަހަރު ގެެނެސްފައިވާ ބޯޅަތަކެއް ނޫން ކަމަށާއި އެއީ މިދިޔަ އަހަރުގެ މިނިވަން 50 ޕްރެކްޓިސްއަށް ގެނެސްފައިވާ ބޯޅަތަކެއް ކަމަށް ސްޓޭޑިއަމް ހިންގުމާ ހަވާލުވެހުންނެވި އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އާދަމް މިހެން ވިދާޅުވެފައިމިވަނީ މި އަހަރުގެ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތްތައް ގެނެސް ހުރި ބޯޅަތަކެއް ފަޅާފައިވާ ކަމަށް ކައުންސިލް މެމްބަރު އިބުރާހިމް އައްބާސް ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވައި އެވެ.
ކޭއޯ އަށް މައުލޫމާތު ދެއްވަމުން އާދަމް މުހައްމަދު މިރޭ ވިދާޅުވީ ފަޅާލާފައިވާ ބޯޅަތަކަކީ މިދިޔަ އަހަރުގެ މިނިވަން 50 މުބާރާތުގައި ޕްރެކްޓިކްސް ކުރުމަށް ބޭނުންކުރި ބޯޅަތަކެއް ކަމަށާއި އެމައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.
އާދަމް ވިދާޅުވީ އެ ބޯޅަތައް ވެސް ހުންނާނީ ސްޓޭޑިއަމްގެ އެހެން ބޯޅަތައް ހުންނަ ގުދަނުގައި ކަމަށާއި އެތަނަށް ވަދެވޭނީ ވޮޗަރުންނަށް އެކަނި ކަމަށެވެ. އަދި އެކަމުގައި މުވައްޒަފުންގެ އިހުމާލުން އޮތް ކަމަށް ބެލެވޭތީ ވޮޗަރުންނާ ސުވާލުކޮށް، މައްސަލަ ބަލަން ފަށާފައިވާ ކަމަށާއި އެކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓޭޑިއަމްގެ ގުދަނުގައި ހުއްޓާފަޅާލައިވަނީ 20 ބޯޅަ އެެވެ. އެ ބޯޅަތައް ފަޅާލައިފައި ހުރި ކަން އެނގިފައިވަނީ މިއަދު އެވެ.