twitterviber whatsapp telegramfacebookyoutube instagram
15th February 2026

އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ ބުނަނީ އޭނާ ފިލާފައި ނުވާނެ ކަމަށް

Jul 19, 2016

ކުޅުދުއްފުށި އަމީނީމަގުގައި މިރޭ ސައިކަލަކާއި ބައިސްކަލެއް ޖެހި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ އެ ހާދިސާ ހިނގުމާއެކު ފިލާފައިވާ ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

ކުޅުދުއްުފށި އޮންލައިނަށް މައުލޫމާތު ދެމުން އެ މީހާ ބުނެފައިވަނީ، އެ އެކްސިޑެންޓުގައި އޭނާވެސް ސައިކަލާއެކު ވެއްޓުނު ކަމަށާއި އަދި އެ ތަނުން އޭނާ ފިލާފައިނުވާ ކަމަށެވެ. އޭނާ އަށްވެސް އިނީ ނުތެދުވިފައިކަމަށާއި އަނިޔާ ލިބުނު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އެތަނުގައި ހުރި ކަމަށެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނެފައިވަނީ މީހަކު ފިލިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށާއި އަނިޔާ ލިބުނު ކުއްޖާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެކްސިޑެންޓުގައި އޭނާ ފިލިކަމަށް ރިޕޯޓުކޮށްފައިވަނީ، އެހާދިސާގައި އެތަނަށް އެންމެ ފުރަތަމަ ދިޔަ މީހުންނާ ހަވާލާދީ އެވެ. މަންޒަރުދުށް މީހުން މައުލޫމާތު ދޭގޮތުގައި އެކްސިޑެންޓްވުމުން ސައިކަލް ދުއްވަން އިން މީހާ ދުވެފައި ގޮސް އެތާހުރި ގެއެއްގެ ތެރެއަށް ވަދެ އިނީ “ފިލައި” ކަމަށެވެ. އެކުއްޖާ މަގުމަތިން ނަގައި ފުލުހުންނަށާއި ހޮސްޕިޓަލަށް ގުޅާފައިވަނީ އެސަރަހައްދަށް އެއްވި މީހުން ނެވެ.

މި އެކްސިޑެންޓުގައި ބައިސްކަލް ދުއްވަން އިނީ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.

 

 

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355