twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ފެން ހިންދާ ނިޒާމުގެ މަސައްކަތް ދެ ހަފްތާ ތެރޭގެ ނިންމާލެވޭ ވަރުވާނެ: އެމްއާރުޑީސީ

Jul 20, 2016

ކުޅުދުއްފުށީގައި ގާއިމްކުރާ ފެން ހިންދާ ނިޒާމުގެ މަސައްކަތް ދެ ހަފްތާ ތެރޭގައި ނިންމާލެވޭ ވަރުވާނެ ކަމަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް(އެމްއާރުޑީސީ) ބުނެފި އެވެ.

ކުޅުދުއްފުށީގެ ޒިގްޒެގް ދަނޑު ބިމު އަޑީގައި ޓޭންކްތަކެއް ބަހައްޓައިގެން ރަށު ތެރޭގައި ހެދޭ ފެންގަނޑުތައް ހިންދުމަށް ހަދައި މިތަނުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޯގަސްޓްމަހުގެ ތެރޭގަ އެވެ. އެ މަސް ދުވަހުގެ ތެރޭގައި ނިންމަ ހަވާލުކުރި މިމަސައްކަތް ވަނީ ނުނިމި ދިގުލައި ގޮސްފަ އެވެ.

ކޭއޯ އަށް ދެއްވި އިންޓަވިއުގައި އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ފެން ހިންދާ ނިޒާމްގެ މަސައްކަތް ދެ ހަފްތާ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މަސައްކަތް ލަސްވެގެން ދިޔައީ ވެލިކަލްތައް މަދުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެތަނުގައި މިހާރު ކުރަމުންދާ މަސައްކަތްތަކީ އެންމެ ފަހު މަރުހަލާގެ މަސައްކަތްތަކެވެ. އެގޮތުން މިހާރު ކުރަމުންދަނީ ހޮޅިތައް ޓޭންކްތަކާ ހޮޅިތައް ގުޅާލުމުގެ މަސައްކަތެވެ.

ގްލޯބަލް އެންވައިރަމެންޓަލް ފެސެލިޓީ(ޖެފް)ގެ ހިލޭއެހީއެއްގެ ދަށުން ހިންގާ ޕްރޮޖެކްޓުގެ ދަށުން ގާއިމްކުރާ ފެންހިންދާ ނިޒާމް ގާއިމްކުރުމަށް ހަމަޖައްސާ ފައިވަނީ ޒިގްޒެގް ދަނޑުގެ އަޑީގައި ޓޭންކްތަކެއް ބަހައްޓައިގެންނެވެ. ހަމަ ބިމުން ފެށިގެން 3 ވަރަށް ފޫޓް އަޑީގައި ބަހައްޓާ މި ޓޭންކަކީ (68 މީޓަރ 95 މީޓަރ ފެތޭ 2584 ކޮޑި މީޓަރުގެ 40 ޓަންނުގެ ފެން އެއްފަހަރާ ރައްކާކުރެވޭ ގޮތަށް ގާއިމްކުރާ ސިސްޓަމެކެވެ.

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) ހަވާލުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕެމެންޓް ކޯޕަރޭޝަނުންނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355