twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އައްޑޫ ފުލައިން ސްކޫލުން ޕައިލެޓް ކޯހަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

Jul 20, 2016

އައްޑޫސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހިންގަމުން އަންނަ އޭޝިޔަން އެކަޑަމީ އޮފް އެއިރޯނޯޓިކްސް ސްކޫލްގައި ޕައިލެޓް ކޯހަށް ފުރުސަތު ހުޅުވާލައިފި އެވެ.

ސެޕްޓެމްބަރު މަހު ފަށަން ހަަމަޖެހިފައިވާ ޕައިލެޓް ކޯހުގައި ބައިވެރިވުމަށް 10 އާއި 15 އާ ދެމެދުގެ އަދަދެއްގެ ފުރުސަތު ވަނީ އެސްކޫލުން ހުޅުވާލާފައެވެ. އައްޑޫ ފުލައިން ސްކޫލުން ކުރިއަށްގެންދަނީ 2 ކޯހެކެވެ. އެއީ ޕައިލެޓް ޓްރެއިނިންގ ކޯހާއި، ފްލައިޓް އިންސްޕެކްޓަރ ޓްރެއިނިންގކޯހެވެ

123 ދަރިވަރުން މިހާރުވެސް ފްލައިން ސްކޫލުގެ ޕައިލެޓް ޓްރެއިނިން ކޯހުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އަދި މިދިޔަ ޖުލައި މަހުގެ 15 ގައިވެސް ވަނީ އާ ބެޗެއްގެ ކިޔެވުން ފަށާފައެވެ. އަދި މިސްކޫލްގައި ކިޔަވާ 90 ދަރިވަރުންނަކީ ދިވެހި ޒުވާނުންނެވެ. ބާކީ ތިބި 30 ދަރިވަރުން ނިސްބަތް ވަނީ އިންޑިޔާ އާއި ޕާކިސްތާން އަދި ސްރީލަންކާއަށެވެ

އައްޑޫ ފްލައިން ސްކޫލުން ދިވެހި ދަރިވަރުންނަށް ނަގަނީ 46،380 ޑޮލަރުގެ ފީއެކެވެ. މި ފީއަކީ މަހުން މަހަށް ބަހާލައިގެން ދައްކާގޮތަށް އޮންނަ ފީއެކެވެ.

އައްޑޫ ފްލައިން ސްކޫލުން ހިންގާ ކޯސްތަކަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ ކޯސްތަކެކެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355