twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ހއ އަތޮޅުގެ ސަރުކާރު މުވައްޒަފުންނަށް ފަސޭހައިން މުދާ ގަނެވޭނެ ސްކީމެއް ތައާރަފްކޮށްފި

Jul 20, 2016

ހއ އަތޮޅުގައި ވަޒީފާއަދާ ކުރާ ސަރުކާރުގެ މުވައްޒަފުންނާއި  ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ފަސޭހަ ކަމާއެކު މުދާ ގަނެވޭނެ ސްކީމެއް ތައާރަފްކޮށްފި އެވެ.

“ފަހިއަރަނި” ނަމުގައި ތައާރަފް މި ސްކީމަށް މުދާ ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މިއީ ހއ އަތޮޅު ކައުންސިލުން އެއަތޮޅު ކައުންސިލަށް އާމްދަނީ އިތުރުކުރުމަށާއި އަތޮޅުގެ ރައްޔިތުންނަށް ފަސޭހައިން ފަހުން އަގުއަދާކުރާގޮތަށް ކުރެޑިޓަށް މުދާ ހޯދައި ދިނުމުގެ މަގުސަދުގައި ތައާރަފްކުރި ސްކީމެއް ކަމަށް ކައުންސިލުން ބުނެ އެވެ.

މި ސްކީމްގެ ދަށުން މުދާ ދޫކުރެވޭނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފައި އަދާކުރާ މުވައްޒަފުންނަށެވެ. މިސްކީމްގެ ދަށުން ނެގޭނީ ހަމއެކަނި ހާރޑްވެއާރ އަދި އިލެކްޓްރޯނިކް ސާމާނެވެ. 5000 ރުފިޔާ އާއި 15000 ރުފިޔާ ދެމެދުގެ އަގެއްގައި މުދާ ނެގޭއިރު ނަގާ އެއްޗެއްގެ ފައިސާ 1 އަހަރު ދުވަހަށް ބަހާލައިގެން ދެއްކޭނެކަމަށް ހއ އަތޮޅު ކައުންސިލުން ބުނެ އެވެ.

މިސްކީމްގައި ބައިވެރިވުމަށް އެދޭ ފޯމު ހއ އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުނަމަ 7777432 ނަމްބަރު ފޯނަށް ގުޅުމަށް ހަމަޖެހިގެންދާނެ ކަމަށް އެއިދާރައިން ހާމަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355