twitterviber whatsapp telegramfacebookyoutube instagram
13th April 2026

ރާއްޖެ ވަށައި ބުރުޖެހުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެހީތެރިވީ ހަސަން މެރިން

Jul 20, 2016

އަންނަ އަހަރު ރާއްޖެވަށައި ބުރުޖެހުމަށް ތައްޔާރުވަމުން އަންނަ އަހުމަދު އާތިފް (އާތި)ގެ މި ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދީފައިވަނީ ހަސަން މެރިންނުން ކަމަށާއި އެކަމަށްޓަކައި އެފަރާތްތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް އާތިފް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން އާތިފް ވިދާޅުވީ ރާއްޖެވަށާ ބުުރުޖެހުމަކީ 2014 ވަނަ އަަހަރު އައި ހިޔާލެއް ކަމަށާއި މިކަމުގެ ތަމްރީނަށް ބޭނުންވާ ރޯވިން ބޯޓު ހަސަން މެރިނުން ގެނެސްދިން ކަމީ މިކަމަށް ލިބުނު އެންމެ ބޮޑު އެހީކަމަށެވެ.

އަންނަ އަހަރު ފެބްރުއަރީ މަހު ރާއްޖެވަށައި ބުރުޖެހުމަށް މަސައްކަތް ކުރަމުން އަންނަ އާތިފް ވިދާޅުވީ މާލޭން ފަށައިގެން މާލެއަށް ނިންމާ ގޮތަށް އާތި ފަށާ މި ދަތުރުގެ ރޫޓްތަށް އަދި ޕްލޭންކޮށް ނުނިމޭ ކަމަށާއި އެހެންނަމަވެސް ޕްލޭން ކުރާނީ ރަށްރަށް ފައިބާ މަޑުކުރާގޮތަކަށް ނޫން ކަމަށެވެ.

ގާތްގަނޑަކަށް 2 މަސް ދުވަސް ހޭދަވާނެ ކަމަށް ލަފާ ކުރާމި ދަތުރުގައި އާތިފް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ތަމްރީނުގައި ބޭނުންކުރާ ރޯވިން ބޯޓެއް ނޫނެވެ.

އާތިފްގެ ތަމްރީނުތަށް ފެށުމަށް ހަަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހު ފަހުކޮޅުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355