twitterviber whatsapp telegramfacebookyoutube instagram
1st May 2024

އިސްލާމިކް ބޭންކް ކުޅުދުއްފުށީ ބްރާންޗު ހުޅުވައި މިއަދު ހިދުމަތް ދޭން ފަށައިފި

Jul 21, 2016

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ކުޅުދުއްފުށީ ބްރާންޗް މިއަދު ހުޅުވާ އެބޭންކުގެ ހިދުމަތް ދޭންފަަށައިފި އެވެ.

ކުޅުދުއްފުށީގައި މި ހުޅުވި އެބޭންކުގެ ބްރާންޗުން މާލެއިން ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް އެމްއައިބީން މައުލޫމާތު ދެއެވެ.

އެގޮތުން ކަރަންޓް އެކައުންޓް، ސޭވިންގްސް އެކައުންޓް، ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓްގެ އިތުރުން ކުޑަކުދިންނަގެ ސޭވިންގ އެކައުންޓާއި ކޮންޒިއުމާ އަދި ބިޒްނަސް ފައިނޭންސިންގެ ހިދުމަތުގެ ހިދުމަތް ލިބޭނެ އެވެ.

އަދި މީގެއިތުރުން އޭޓީއެމްގެ ހިދުމަތާއި އެބޭންކްގައި ރަޖިސްޓްރީވެފާ މުވައްސަސާތުގެ މުވައްޒަފުންނަށް ލިބިދޭ ކްރެޑިޓް ފެސިލިޓީގެ ހިދުމަތްވެސް ލިބޭނެ ކަމަށް އެބޭންކުން މައުލޫމާތު ދެއެވެ.

އެގޮތުން ކޮންޒިއުމާ ފައިނޭންސްގައި ބައިވެރިވާ ވިޔަފާރިވެރިންނާއި، މުވައްސަސާތަކާއެކު އެމްއޯޔޫގައި ސޮއިކުރުން މިހާރުވެސް ކުރިއަށް ދާކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

އިސްލާމިކް ބޭންކުގެ ކުޅުދުއްފުށީ ބުރާންޗު ހުންނާނީ އަމީނީމަގުގައި ހުންނަ ޕެރިސްގެ އިމާރާތުގެ ގުރައުންޑް ފްލޯ އާއި ފަސްޓް ފުލޯގަ އެވެ.

ކުޅުދުއްފުށީ ބުރާންޗާއެކު އެބޭންކުން ރާއްޖެގެ އެކި ސަރަހައްދަުގައި ހުރި ބުރާންޗުގެ އަދަދުމިވަނީ 5 އަރައިފަ އެވެ. އެއީ މޭލާ، ހުޅުމާލެ، ގދ ތިނަދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުއްޓެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355