twitterviber whatsapp telegramfacebookyoutube instagram
16th July 2025

ކުރީގެ ނޫޓްތައް ރަންދިހަ ފަހަކަށް ބަދަލު ކުރުމަށް އެމްއެމްއޭ އަތޮޅު ތެރެއަށް

Jul 21, 2016

ކުރީގެ ކަރުދާސް ނޫޓް ސީރީޒްގެ ތެރެއިން 5 ރުފިޔާގެ ފިޔަވައި އެހެން ނޫޓްތައް ބަދަލު ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންގެ ބައެއް  ޓީމުތައް އަތޮޅުތަކަށް ދަތުރުކުރުމަށް ހަމަޖެހިއްޖެ އެވެ.

އެ އޮތޯރިޓީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ދަތުރަކީ އަދިވެސް ބައެއް ރަށްރަށުގައި ކުރީގެ ނޫޓް ސީރީޒް ކޮންމެވެސް ވަރަކަށް ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރެވޭ ކަން އެ އޮތޯރިޓީއަށް އެގިފައިވާތީ ރަން ދިހަ ފަހެއްގެ ނޫޓަށް ފަސޭހަކަމާއެކު ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކުރެވޭ ދަތުރެއްކަމަށެވެ.

އެގޮތުން ކަރުދާސް ނޫޓް ބޭނުން ކުރެވެމުންދާކަމަށް ބޮޑަށް ފާހަގަ ވެފައިވަނީ ހއ، ހދ، ށ، ނ އަދި ރ އަތޮޅުގެ ބައެއް ރަށްރަށުގައި ކަމަށާއި އެހެން ކަމުން މި ޖުލައި މަހު 21 އަދި 29 އަށް ފާހަގަ ކުރެވިފައިވާ އަތޮޅުތަކުގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުތައް ހުންނަ ރަށްތަށް ފިޔަވާ އެހެން ރަށްތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އިއުލަނުގައި ވެއެވެ.

ކުރީގެ ކަރުދާސް ނޫޓް ބޭނުން ކުރެވޭނެ އެންމެ ފަހު ތާރީހަކީ ޖުލައި 31 ވަނަ ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355