އެޑްވާންސް ވޫންޑް ކެއާރ ގެ ދެވަނަ ވޯރކް ޝޮޕް ކުޅުދުއްފުށީގައި މިއަދު ފަށައިފި އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯރކްޝޮޕް އަމާޒުކޮށްފައިވަނީ މާލެއިން އުތުރުގެ 7 އަތޮޅުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. އެގޮތުން މި ވޯރކްޝޮޕްގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދޭނީ ހަލާކުވެފައި ހުންނަ ތަންތަނަށް ފަރުވާދޭނެ ގޮތްއެއް ތަކެވެ.
ވޯރކް ޝޮޕް ޝަރަފްވެރިކޮށްދެއްވާ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ އަބްދުﷲ ވަހީދު ވިދާޅުވީ މިފަދަ ވޯރކްޝޮޕެއް އަތޮޅު ތެރޭގައި ބޭއްވުމަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ދިމާވި ކަމަށާއި މި ވޯރކްޝޯޕުން ލިބޭ މައުލޫމާތު ބޭނުން ހިފައިގެން މީހުންނަށް އެހީތެރިވުމަށް ބައިވެރިންގެ ފަރާތުން މިނިސްޓާރ އެދިލެއްވި އެވެ.
އޭގެ އިތުރުން މި ވޯރކް ޝޮޕް ބޭއްވުމަށްޓަކައި މާލީގޮތުން އެހީތެރިވެދިން އެސްޓީއޯ އަށާއި ވޯރކް ޝޮޕް އިންތިޒާމްކުރި މޯލްޑިވްސް އެސޯސިއޭޝަން އޮޕް ސާރޖެންސްއަށް މިނިސްޓަރ ޝުކުރު އަދާކުރި އެވެ.
މި ވޯރކް ޝޮޕްގައި ހއ، ހދ، ށ، ނ، ރ، ބ އަދި ޅ އަތޮޅުން ގާތްގަނޑަކަށް 85 ބައިވެރިން ވަނީ ބައިވެރިވެފައެވެ. މީގެ ފުރަތަމަ ވޯރކް ޝޮޕް ބާއްވާފައިވަނީ މާލޭގަ އެވެ. މި ވޯކްޝޮޕް ކުރިއަށްދަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީއާރުސީގަ އެވެ.