twitterviber whatsapp telegramfacebookyoutube instagram
25th June 2026

އާ ގޮރެއްލާ ގްލާސް ފޯނުގެ ސްކްރީން ތަޅައިން ނުދިއުމަށް އެހީތެރިވެދޭ

Jul 24, 2016

ގިނަ ސްމާޓް ފޯނުތައް ހަދަން ދެނީ ސްކްރީނުގައި ރެނދުލައިގެން ނުވަތަ ސްކްރީން ތަޅައިން ގޮސްގެންނެވެ. އަދި މިކަމާ ހެދި ވަރަށް ގިން މީހުން ޝަކުވާ ކުރެއެވެ.

ބިއްލޫރި ހަދާ ސްޕެޝިއަލިސްޓެއް ކަމަށްވާ ކޯނިން މިވަނީ އާ ގޮރެއްލާ ގްލާސް ލޯންޗުކޮށްފަ އެވެ. 1.6 މީޓާރު މަތިން ވެއްޓުނަސް 80 ޕަސެންޓް ގޮރިއްލާ ގްލާސް ހަލާކުނުވެ ސަލާމަތްވާކަމަށް ކޯނިން ބުނެއެވެ. މިހާރު ބާޒާރުން ލިބެން ހުންނަ އެއްޗެއްސަށް ވުރެން ގޮރިއްލާ ގްލާސް ރެނދުލުން ކުޑައެވެ.

މި އާ ބިއްލޫރިވަނީ ރާޅު ސަރަހައްދެއްގައި ޓެސްޓް ކޮށްފައެވެ. އަދި ރިޕޯޓަރުންނަށް ވަނީ ޑެމޯވެސް ދައްކާލާފައެވެ.

ކޯނިންގެ މަސައްކަތް 1879 ވަނަ އަހަރުން ފެށިގެން ފެންނަމުން އެބަދެއެވެ. 2016 ވަނަ އަހަރަށް އައި އިރު 4.5 ބިލިއަން ޑިވައިސްތަކުގައި ގޮރިއްލާ ގްލާސް ބޭނުންކުރެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355