twitterviber whatsapp telegramfacebookyoutube instagram
6th November 2025

އިސްލާމިކް ބޭންކު ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރަކަށް އަލީ އިސްމާއިލް

Jul 24, 2016

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކުޅުދުއްފުށީ ގޮފީގެ މެނޭޖަރަކަށް ކުޅުދުއްފުށީ، ރަތުރަންގެ އަލީ އިސްމާއިލް ހަމަޖައްސައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާ ހިދުމަތް ދޭން ފެށި މިބޭންކުގެ މެނޭޖަރަކަށް އައްޔަނުކުރެއްވި އަލީ އިސްމާއިލަކީ މީގެ ކުރިން ގައުމީ ބޭންކުގެ ކުޅުދުއްފުށީ ބުރާންޗުގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

އަލީ އިސްމާއިލަކީ ބޭންކިންގެ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355