ބޭންކް އޮފް މޯލްޑިވްސް އިން މިވަނީ ކާރިސާތަކުން ގެލުން ލިބޭ ފަރާތްތަކަށް ގެދޮރު ހެދުމުގެ ގޮތުން އާ ލޯނެއް ތައާރަފްކޮށްފި އެވެ.
މިއީ ބޭންކާއި ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރ އާ ގުޅިގެން މިއަދު ތައާރަފްކުރި ބީއެމްއެލް ޑިޒާސްޓާ ރިލީފް ލޯނެވެ.
މި ލޯނަކީ ބޯކޮށް ވާރޭވެހުމާއި ފެން ބޮޑުވުމާއި ރާޅު އެރުމާއި ސުނާމީ ނުވަތަ އަލިފާނުގެ ހާދިސާ ފަދަ ބޮޑެތި ހާދިސާތަކުގެ ސަބަބުން ދިރިއުޅެމުންދާ ތަނަށް ގެއްލުން ލިބޭ އަމިއްލަ ފަރުދުންނަށް އަމާޒުކޮށް ތައާރަފް ކުރި ލޯނެކެވެ.
މި ލޯނުގެ ސަބަބުން މިފަދަ ކާރިސާތަކުން ގެއްލުން ލިބޭ އާއިލާތަކަށް ވީހާވެސް އަވަހަކަށް އާންމު ދިރިއުޅުމަށް ބަދަލުވުމަށް މަގުފަހިވެގެންދާނެއެވެ. މިފަދަ ހާދިސާއަކުން ގެދޮރަށް ލިބޭ ގެއްލުމުގެ ޖުމްލަ އަގުގެ %40 ސަރުކާރުން ހިލޭ އެހީގެ ދަށުްން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ. ބާކީ %60 އަށް ބޭންކުން ފައިނޭންސް ކޮށްދޭނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ. އަދި މި ގޮތުން ކަނޑައެޅިފައިވާ އެންމެ މަތީ އަދަދަކީ 510000 ރުފިޔާއެވެ.
ބީއެމްއެލް ޑިޒާސްޓާ ރިލީފް ލޯނަކީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ބައެއްކަމަށް ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.