ސްކޫލުތަކުގެ ބަޖެޓްގެ ތާށިކަމާ ހެދި މިހާރު ފުވައްމުލަކުގައި ކުރިއަށްދާ މައިލޯ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި ބައިވެރިވުމަށް ކުޅުދުއްފުށީ ސްކޫލުތަކުގެ އެތްލީޓުންނަށް ފުވައްމުލަކަށް ދެވޭ ގޮތެއް ނުވި އެވެ.
އެމުބާރާތުގައި ބައިވެރިވުމަށް ފަހު ވެސް އެންމެ ފަހު ވަގުތު ބަޖެޓް ނުލިބުމުން މުބާރާތް އޮންނަ ފުވައްމުލަކަށް ވަނީ ދެވޭ ގޮތްނުވެފަ އެވެ.
ކޭއޯ އާ ވާހަކަ ދައްކަމުން އެތްލީޓެއް ބުނީ އެންމެ ފަހު ވަގުތު މުބާރާތުގައި ބައިވެރިވުމަށް ފުވައްމުލަކަށް ނުދެވުނީތީ ދެރަވި ކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް ފަހު ވަރަށް ބުރަކޮށް ޕްރެކްޓިސް ކޮށް ހަދައި، އެންމެ ފަހު ވަގުތު ދެވޭގޮތް ނުވުމުން ގިނަ އެތްލީޓުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އެތްލެޓިސް ދާއިރާއިން ސްކޫލަށް ރީތި ނަމާއި ޝަރަފް ހޯދައި ދިނުމަށް ލިބޭ މިފަދަ ރަނގަޅު ފުރުސަތުގައި ބޭނުން ސްކޫލުތަކުން ނުހިފާކަމަށާއި އެކަންތައްތައް ކުރިއަރުވަން އެކަށީގެންވާ ގޮތެއް ސްކޫލުތަކުން މަސައްކަތް ނުކުރާކަމަށް އެހެން އެތްލީޓެއް ބުންޏެވެ.
އޭނާ ބުނީ މިދާއިރާއިން ޤައުމީ ފެންވަރުގެ އެތްލީޓުން ތިބި އިރު އެކުދިންނަށް މުބާރާތުގައި ބައިވެރިނުވެވުން އެއީ އެކަމަށް ސްކޫލުތަކުން ދުރާލާ ތައްޔާރުނުވާ ކަމުގެ ހެއްކެއް ކަމަށެވެ.
ކުޅުދުއްފުށީ ސްކޫލުތަކުގެ ބައެއް އޮފިޝަލް ބުނީ އެޗްލެޓިސްގައި ބައިވެރިނުވެވުނީ ބަޖެޓް ދަތިކަން ހުރުމުން ކަމަށެވެ.
ކުޅުދުއްފުށީ ސްކޫލުތަކުން ނިކުންނަށް ގިނަ އެތްލީޓުންނަކީ ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.