ޒިގްޒެގް ފޯ ޔޫތު ލިންކޭޖްގެ ތިން ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިންތިހާބު ކޮށްފި އެވެ.
ތިން ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިންތިހާބުކޮށްފައިވަނީ 21 ޖުލައި 2016 ވަނަ ދުވަހު ޔޫސީ މާސްގައި ކުރިއަށް ދިޔަ އިންތިހާބުގެ ތެރެއިންނެވެ.
މި ދައުރުގެ ޗެއާމަން އަކަށް ޔާސިރު އަބްދުލް ލަތީފް މިޒާޖް އިންތިހާބުކޮށްފައިވާއިރު ވައިސް ޗެއާމަންއަކަށް އިންތިހާބުކޮށްފައިވަނީ މުހައްމަދު މޫސާ ސާދާގެ އެވެ.
ޓްރެޒަރާ އަކަށް އަހްމަދު އަބްދުﷲ އިރުވައި (ރޯޒޭ) އަދި އެސިސްޓެންޓް ޓްރެޒަރާ އަކަށް ހޮވިފައިވަނީ އަހްމަދު ޝަރީފް ފިތުރޯނުގެ އެވެ. ސެކްރެޓޭރިއަޓް އަކަށް މުހައްމަދު އާދަމް ތުޅާގިރި (މޮނޯ) ހޮވުނުއިރު އެޑްމިން އޮފިސަރ އަކީ މުހައްމަދި އަލީ ޑޭޒީ ވިލާ (ރެޑޭ) އެވެ.
ޖަމިއްޔާގެ އެކްޒެކެޓިވް ކޮމިޓީ އަށް އިތުރު ފަސް މެންބަރުން ވަނީ އައްޔަން ކޮށްފަ އެވެ. އެއީ މުހައްމަދު އަލީ ސަދުބަރަކާގެ (މޫޑާ)، އަހްމަދު އަޒްލީމް ޒަކަރިއްޔާ މުޝްތަރީގެ، ސައުދުﷲ ނައީމް ލެހެރާ (ސައުޑީ)، އަބޫބަކުރު އަލީ އިހާގެ އިތުރުން މުހައްމަދު އަބޫބަކުރު ސުޒީ ވިލާ (އީސަ ކުޑޭ) އެވެ.
ވޭތުވެދިޔަ ދައުރުގެ ޗެއާމަން ކަން ކޮށްފައިވަނީ އަހްމަދު އަބްދުﷲ (ރޯޒޭ) އެވެ. އަދި ވައިސް ޗެއާމަން އަކީ އިބްރާހިމް އާސިފް (އަފައި) އެވެ. އަފައި އަކީ ފުރަތަމަ ދައުރުގެ ޗެއާމަން އެވެ.
22 ޖޫން 2010 ގައި އުފެދުނު ޒިގްޒެގް ފޯ ޔޫތު ލިންކޭޖް އަކީ ކުޅުދުއްފުށީގައި ރެޖިސްޓްރީ ކޮށްފައިވާ ގިނަ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާ އެވެ. ކުޅުދުއްފުށީގެ ގިނަ ޖަމިއްޔާތަކަކީ ނަމަކަށް ރެޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާތަކެއްކަން ފާހަގަކޮށްލެވެ އެވެ.