twitterviber whatsapp telegramfacebookyoutube instagram
13th April 2026

ހައިޑްރޮފޯނިކްސް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ދަސްކޮށްދޭ ޕްރޮގުރާމެއް ފަށައިފި

Jul 25, 2016

ހައިޑްރޮޕޯނިކްސް އަދި ގޭގައި ދަނޑުވެރިކަން ކުރާނެ ގޮތް ދަސްކޮށްދިނުމަށް ކުޅުދުއްފުށީގައި  ކައުންސިލާއި އެގްރިކަލްޗާ މިނިސްޓްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

ދަނޑުވެރިކަން ކުރާ ފަރާތްތަކާއި ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މިމަހުގެ 17 އިން 27 އަށް ކުރިއަށްދާ އެ ޕްރޮގްރާމުގައި ޖުމްލަ 28 މީހުން ބައިވެރިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ގޯތިތެރޭގައި އޮންނަ ހުސްބިންކޮޅުގައި ތަފާތު ވައްތަރުގެ ތަރުކާރީ އައި މޭވާ ހެއްދޭނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން ފަނިފަކުސާ އަދި ދިރޭސޫފާސޫފީގެ ސަބަބުން ދަނޑުވެރިންނަށް ދިމާވާ މައްސަލަތަކާއި ހައިޑްރޮފޯނިކްސް ޓެކްނިލިޖީގެ އެހީގައި ދަނޑުވެރިކަންކޮށް އެއިން ފައިދާ ހޯދޭނެ ގޮތުގެ މައުލޫމާތު މި ޕްރޮގްރާމްގައި ދޭނެއެވެ.

މީގެ އިތުރުން ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރާނެ ގޮތްތަކާއި ބިމުގެ ބޭނުން ފުރިހަމައަށް ހިފުމަށްޓަކާ ވިސްނަންޖެހޭ ކަންތައްތަކާއި މުޑުވަށްގަސް ގިނަކުރާނެ ގޮތްތަކުގެ މައުލޫމާތު ބައިވެރިންނަށް ދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

ކުޅުދުއްފުށީގައި މި ޕްރޮގްރާމް ކުރިއަށްދާއިރު ހަމަ މިފަދަ ޕްރޮގްރާމެއް ހދ ނެއްލާދޫ އަދި  ނޭކުރަންދޫ މީހުންނަށް އަމާޒުކޮށްގެން ވަނީ މިމަހުގެ ތެރޭގައި  ހދ އަތޮޅު ކައުންސިލުން ހިންގާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355