twitterviber whatsapp telegramfacebookyoutube instagram
14th August 2026

މިނިވަން 50 މުބާރާތުގައި ހަނިމާދޫ ޓީމުން ބޭނުންކުރާ ޖާރޒީ ތައާރަފްކޮށްފި

Jul 25, 2016

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ހަނިމާދޫ ޓީމުގެ  ޖާރޒީ ރަސްމީކޮށް، ރޭ ހަވާލުކޮށްފިއެވެ.

ޖަރޒީ ހަވާލު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއެވެ. މިރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނާއިފް ޝައުކަތުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ހަނިމާދޫ ޓީމުގެ ކޯޗަށާއި ޓީމުގެ މެނޭޖަރަށް ހަމަޖެއްސި ދެެ ބޭފުޅުންނަށް އޮފޯޝަލް ކިޓް ހަވާލުކުރެވުނެވެ.

ހަނިމާދޫ ޓީމުގެ ކޯޗަކަށް ހަމަޖެއްސި މުހަންމަދު ނާސިރަކީ ރާއްޖޭގެ ގައުމީ ޓީމަށާއި އެއްވަނަ ޑިވިޒަންގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގައި ދިފާއީ ކުޅުންތެރިއެއްގެ ގޮތުން ކުރިން ކުޅެފައިވާ ކުޅުންތެރިއެކެވެ.

މިނިވަން ޗެމްޕިއަންޝިޕް 2016 ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ހަނިމާދޫ ފުޓްބޯޅަ ޓީމުގެ ތިން ކެޕްޓަނުންނަށް ކެޕްޓަން ބޭންޑް ހަވާލުކުރުންވެސް މި ރަސްމިއްޔާތުގައި އޮތެވެ.

ހަނިމާދޫ ޓީމުގެ ސްކޮޑް މި ޖުލައި މަހުގެ 14 ވީ ބުރާސްފަތި ދުވަހު އިއުލާނުކޮށފައިވާއިރު މުބާރާތުގައި ވާދަކުރާ ޓީމް ހަނިމާދޫ އަށް ހޮވިފައިވާ 30 ކުޅުންތެރިންނަށް ރޭވަނީ ޖަރޒީ ހަވާލުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355