twitterviber whatsapp telegramfacebookyoutube instagram
13th September 2025

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ކުޅުދުއްފުށީގައި ބާއްވައިފި

Jul 26, 2016

ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ޤައުމީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ރޭ 12 ޖެހިއިރު، ހދ. އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ، ކައުންސިލްގެ ރައީސް އަލްއުސްތާޛު އަހުމަދު އިބްރާހީމެވެ.

މިރަސްމިިއްޔާތު ފެށުމުގެ ގޮތުން، ކީރިތި ޤުރުއާން ކިޔަވައިދެއްވީއާސިމާ އިބްރާހީމެވެ. އަދި ރަސްމިއްޔާތު ތަޢާރަފްކޮށްދެއްވީ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ރަޝީދެވެ.

މިރަސްމިއްޔާތުގައި އަތޮޅު ކައުންސިލާއި ކުޅުދުއްފުށީގައި ހުރި ސަރުކާރު މުވައްސަސާތަކުގެ މުވައްޒަފުންނާއި ވެރީން ބައިވެރިވެލެއްވި އެވެ. ކުޅުދުއްފުށީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރޭ ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވަފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355